Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެތި ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންނަަށް އެހީވުމަށް ފަރުވާހޯދައި ރަނގަޅުވެފައި ތިބި މީހުން ހޯދަނީ

މަސްތުވާތަކެތި ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންނަަށް އެހީވުމަށް ފަރުވާހޯދައި ރަނގަޅުވެފައި ތިބި މީހުން ހޯދަނީ

ނޭޝަނަލް ޑްރަގް އޭޖެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޭޕްރީލު 2025، 11:50

17 އޭޕްރީލު 2025، 11:50

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާހޯދުމުންދާ މީހުންނަށް އެކަމުގައި އެހީވުމަށް ފަރުވާފުރިހަމަކޮށް ރަނގަޅުގޮތުގައި ތިބި މީހުން ހޯދަން ނޭޝަނަލް ޑްރަގް އެޖެންސީ އިން އިޢުލާނުކޮށްފިއެވެ. 

އެންޑީއޭއިން ބުނެފައިވަނީ، ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުގައި ފަރުވާ ދެމުންދާ ޤައިދީންނަށް މަގު ދައްކައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރާނެ މީހުން ބޭނުންވާކަމަށެވެ. 

 މިކަމަށް 30 މީހުންނަށް ފުރުޞަތު ދިނުމަށް ނިންމަވާފައިވާކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. އެކަމުގެ ޝަރުތުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި، މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވުން ހިމެނެއެވެ.އެންޑީއޭއިން ބުނީ ހިލޭސާބަހަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއެކު ސިޓީއެއް، އެ އެޖެންސީގެ މެއިލްއަށް ހުށައެޅޭނެ ކަމަށެވެ.

އެ މަސައްކަތްކުރުމަށް ހުޅުވާލާފައިވާ ތަންތަނަކީ އެންޑީއޭ، ހިންމަފުށީގައި ޤާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ހާފްވޭހައުސް، ދަގެނާ، ސ.ހުޅުދޫގައި ޤާއިމުކޮށްފައި ހުރި ވިލުނު ސެންޓަރުގެ އިތުރުން ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީގައި ޤާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތަކެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS