ދުނިޔެ
އިޒްރާއިލްގެ ގިނަ ލިޔުންތެރިންތަކެއް ހަނގުރާމަ ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިފި

އިޒްރާއިލްގެ ހަމަލާއަށް ފަހު ވެއްޓިފައިވާ ގެއެއްގެ ގައު ކުނޑި ތަކުގަގެ މަތީގައި
އިޒްރާއިލްގެ ގިނަ ލިޔުންތެރިންތަކެއް އިޒްރާއިލާއި ހަމާސްއާއި ދެމެދު ކުރެވޭ ހަނގުރާަމަ ހުއްޓާލުމަށް އިޒްރާއިލް ސަރުކާރަށް ގޮވާލައިފިއެވެ.
އިޒްރާއިލުން ހަމާސްއާއި ކުރާ ހަނގުރާމަކަމަށް ބުނެ އިޒްރާއިލުން ޣަައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިޒްރާއިލްގެ ސަރުކާރަށް ގޮވާލާ ފަރާތްތައް އަންނަނީ ގިނަވަމުންނެވެ. އެގޮތުން ފާއިތުވި ހަފްތާގައި އިޒްރާއލްގެ އެއާ ފޯސްގެ ގާތްގަނޑަކަށް 1،000 އެއްހާ އޮފިސަރުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވަނީ ސަރުކާރަށް ހުށައަޅައިފައެވެ. އޭގެ ތެރޭގައި މިހާރުގެ އަދި ކުރީގެ އޮފިސަރުން ހިމެނެއެެވެ. މި ޕެޓިޝަންގައި ބުނެފައިވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލައިފައިވަނީ ހަމަލާތައް ދިނުން ހުއްޓާލައި ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން އަވަހަށް މިނިވަން ކުރުމަށް ބާރުއެޅުމަށެވެ.
އެއަރޕޯސް އޮފިސަރުންނަށް ފަހު ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައި މިވަނީ ލިޔުންތެރިންނާއި، ޝާޢިރުންނާއި، އެޑިޓަރުންގެ ފަރާތުންނެވެ އިޒްރޭލީ މީޑިއާގެ ރިޕޯޓުތަކުގައިވާ ގޮތުން، ގާތްގަނޑަކަށް 350 މީހުން ސޮއިކޮށްފައިވާ އެ ސިޓީގައި އިޒްރޭލުގެ ލީޑަރޝިޕަށް ގޮވާލާފައިވަނީ ހަނގުރާމަ ނިންމާލުމަށެވެ. ސޮއިކުރި ފަރާތްތަކުން ނަތަންޔާހޫއަށް ތުހުމަތުކޮށްފައިވަނީ އަމިއްލަ ސިޔާސީ މަޞްލަޙަތަށްޓަކައި ހަނގުރާމަ ދިގުދެމިގެންދާ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށެވެ.
"ދަ ޓައިމްސް އޮފް އިޒްރޭލް" ނޫހުގައި ޝާއިޢުކޮށްފައިވާ ސިޓީގެ ބައެއްގައި ބުނެފައިވަނީ "ހަނގުރާމަ ނިމުމަކީ އޭނާގެ ވެރިކަން ނިމުމަށް މަގުފަހިވުމެއް ކަމަށާއި - އަދި ޖިނާއީ މައްސަލައެއްގެ ދަޢުވާލިބިފައިވާ މީހެއްގެ ހައިސިއްޔަތުން އޭނާގެ މިނިވަންކަން ގެއްލޭނެ ކަމެއް" ކަމަށެވެ."އޭނާގެ މިނިވަންކަމަށްޓަކައި، އޭނާގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކުގެ ސަބަބުން ޖަލަށްލެވިދާނެކަމުގެ ބިރުން، ނަތަންޔާހޫ ދަނީ ރަހީނުންގެ މިނިވަންކަން ކުރުން ފަސްވާނެ ފަދަ ކަންކަން ކުރަމުން ކަމަށާއި އަދި މިކަމުގެ ސަބަބުން އިޒްރާއިލްގެ ސިފައިންގެ ތެރޭގައި ހިމެނޭ އާންމު ސިފައިން ނުރައްކަލަސް ހުށައެޅުމުންދާކަމަށް ވަނީ ބުނެފައެވެ.
ހަނގުރާމަ ހުއްޓާލުމަސް ދުނިޔޭގެ އެކި ޤައުމުތަކުންވެސް ހަނގުރާމަ ހުއްޓާލާ އަމާން ކަން ޤާއިމް ކުރުމަށް ދަނީ ގޮވާލަމުންނެވެ.