ދުނިޔެ
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް މިޞްރާއި ޤަޠަރުން މަސައްކަތްކުރަމުންދޭ: މިޞްރުގެ ޚާރިޖީ ވަޒީރު

މިޞްރުގެ ޚާރިޖީ ވަޒީރު ބަދްރް ޢަބްދުލަޠީ
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް މިޞްރާއި ޤަޠަރުން މަސައްކަތް ކުރަމުންދާކަމަށް މިޞްރުގެ ޚާރިޖީ ވަޒީރު ބަދްރް ޢަބްދުލަޠީ ވިދާޅުވެއްޖެއެވެ.
ތުރުކީގައި ބޭއްވި އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގެ ހަވާސާއިން ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުލަޠީ ވިދާޅުވީ ޣައްޒާގައި އިޒްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ބްރޯކަރެއްގެ ގޮތުގައި މިސްރާއި ޤަތަރުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.
އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޤަތަރުގެ ކައުންޓަރޕާޓްސް އާއި ކޯޑިނޭޓްކޮށްގެން، ޚާއްސަކޮށް އާންމުންނަށް ލުއި ލިބޭނެ އެއްބަސްވުމެއް ނިންމުމަށް. ޢަބްދުލަޠީ ވިދާޅުވިއެވެ.
ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ކާމިޔާބުވެ ހަމަލާތައް ހުއްޓާލެވިއްޖެނމަަ ފަލަސްތީނުގެ އޮތޯރިޓީން ޣައްޒާގެ ފުރިހަމަ އިދާރީ ކޮންޓްރޯލް ނަގަން ތައްޔާރުވާންދެން ހަ މަސް ދުވަހުގެ އިންތިގާލީ މުއްދަތަކަށް ޣައްޒާ ބެލެހެއްޓުމަށް ވަގުތީ އިދާރީ ކޮމިޓީއެއް އެކުލަވާލާނެ ކަމަށްވެސް .
ޢަބްދުލަޠީ ވިދާޅުވިއެވެ.
މިޞްރުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އައުމުން ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދު އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ކުރެވިގެންދާނެކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ނަމެއްގައިނަމަވެެސް ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ބާލާނަމަ އެއްބަސްވުން އުވާލުމުގެ ފުރުސަތު ފަލަސްޠީނަށް އޮންނާނެ ކަމަށާއި ފަލަސްޠީނުގެ ބިމުން އެތަނުގެ އަހުލުވެރިން ބޭލުމަށް ހުށައެޅޭ އެއްވެސް ހުށައެޅުމެއް ބަލައިނުގަންނާނެ ކަމަށެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ ފަލަސްޠީނު ފުލުހުން ތަމްރީނުކުރުމާއި، ޣައްޒާގައި ތިބި އާންމު ރައްޔިތުން ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފޯސްއެއް އެތަނުގައި ޤާއިމް ކުރުމަށްވެސް މަޝްވަރާ ކުރެވޭކަމަށެވެ. އެކަމުގެ މަޤްޞަދަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު، ސަލާމަތާއި ހަމަޖެހުން އަނބުރާ ގެނައުންކަމަށް ޢަބްދުލަޠީ ވިދާޅުވެފައިވެއެވެ.
އަބްދުލަޠީ އިތުރަށް ބާރުއަޅުއްވައި ވިދާޅުވެފައިވަނީ އިޒްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއަށް އަނބުރާ އަންނަން ޖެހޭކަމަށެވެ. އިޒްރާއީލުގެ ސިފައިން ކުރިން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެ ޣައްޒާއަށް އަލުން ހަމަލާދޭން ފެށީ މާރިޗު 18 ވަނަ ދުވަހުއެވެ.