Ads by Aqeeqa Maldives

ޚަބަރު

ވެންޓިލޭޓަރު ހިޔާނާތުގައި ހިމެނޭ ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް ރެޑް ނޯޓިސް ނެރުމަށް އެދިއްޖެ

ވެންޓިލޭޓަރު ހިޔާނާތުގައި ހިމެނޭ ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް ރެޑް ނޯޓިސް ނެރުމަށް އެދިއްޖެ

ވެންޓިލޭޓަރު ގަތުމަށް އެޑްވާންސްގެ ގޮތުގައި 30 މިލިއަން ދީފައިވޭ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 އޭޕްރީލު 2025، 04:17

14 އޭޕްރީލު 2025، 04:17

ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރު ގަތުމަށް އެޑްވާންސް ފައިސާ ދައްކާފައިވަނިކޮށް، އެ ތަކެތި ސަޕްލައިނުކޮށް ފިލައިގެން އުޅޭ ދުބާއީ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް އެދިފައިވާކަމަށް، ރައްޔިތުންގެ  މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގަތުމަށް 2020 ވަނަ އަހަރުގެ އެޕްރީލް މަހު ދުބާއީ ކުންފުންޏާއެކު ހެދި އެއްބަސްވުމަކަށްފަހު، އެޑްވާންސް ފައިސާގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފައިވެއެވެ. 

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން، އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. 

އެގޮތުން، އާބިޓްރޭޝަނުން ނިންމައިގެން ފައިސާ އަނބުރާ ހޯދަން ބެލިއިރު އެ ކުންފުނީގެ ވެރިޔާއަކީ ކޮބައިކަން ވެސް އަދި އޭނާ އުޅޭ ތަނެއް ވެސް އަދި ގުޅޭނޭ ގޮތެއް ވެސް އިދާރާތަކަށް ހޯދިފައެއް ނުވާކަމަށާއި، އެހެންކަމުން ރެޑް ނޯޓިސް ނެރެގެން އޭނާ ހޯދިއްޖެނަމަ އޭނާ ހޯދަން ފަސޭހަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މީހުންނަށް ދައުވާ އުފުލިފައި ނުވާތީ އެ މައްސަލައަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަން ޕީޖީން މިހާރު ފުލުހުންނަށް ލަފާދީފައިވާކަމަށެވެ.

އެ މައްސަލައިގައި ގެއްލުނު ފައިސާ ހޯދަން ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް މިިދިޔަ ސަރުކާރުގައި މައްސަލަ ހުށަހެޅުމުން އާބިޓްރޭޝަނުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުކުމް ކުރީ ގެއްލުމުގެ ބަދަލު ހިމެނޭ 34 މިލިއަން ރުފިޔާ އެގްޒެކިއުޓާޒް ކުންފުނިން ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS