ދުނިޔެ

އިޒްރާއިލުން އެެއްބަސްވުމާޢި ޚިލާފުވެ ހަމަލާތައް ފެށިފަހުން 500 އެއްހާ ތުއްތުކުދިން ޝަހީދުކޮށްލައިފި

އިޒްރާއިލުން އެެއްބަސްވުމާޢި ޚިލާފުވެ ހަމަލާތައް ފެށިފަހުން 500 އެއްހާ ތުއްތުކުދިން ޝަހީދުކޮށްލައިފި

ހަމަލާއެއްގައި އަނިޔާވި ދެކުޑަކުދިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޭޕްރީލު 2025، 04:23

12 އޭޕްރީލު 2025، 04:23

އިޒްރާއިލުން އެއްބަސްވުމާއި ޚިލާފުވެ ހަމަލާތައް ފެށިފަހުން 500 އެއްހާ ތުއްތުކުދިން ޝަހީދުކޮށްލައިފައިވާކަމަށް ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސާލް ވިދާޅުވި އެވެ.

މީގެ އިތުރުން އިޒްރާއީލުން ހޮނިހިރު ދުވަހު ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ހަ މީހަކު ޝަހީދުވެ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 20 އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

 މާޗް 18 ވަނަ ދުވަހު އިޒްރާއީލުން ޣައްޒާއަށް އަލުން ހަމަލާތައް ދޭންފެށިފަހުން 1500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ޞިއްޙީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ހޮނިހިރު ދުވަހު އިިޒްރާއީލުން ދިން އެންމެ ފަހުގެ ހަމަލާތަކުގައި ޣައްޒާގެ ޓޫފ އަވަށްޓެރި ސަރަހައްދުގައި ދެ މީހަކު ޝަހީދުވެ، ދެ ކުއްޖަކު ޒަހަމްވެފައިވާއިރު، ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާގެ އަލް އަތަތްރާ ޑިސްޓްރިކްޓްގައި އިތުރު ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

ޚާން ޔޫނިސްގެ ދެކުނުން އޮންނަ ޤިޒާން އަން ނަޖާރު ސަރަޙައްދުގައި އިޒްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުވެފައިވެއެވެ.

އަދި އިޒްރާއީލުން "ރައްކާތެރި ސަރަހައްދެއް" ކަމަށް ބުނާ ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް މަވާސީ ސަރަހައްދުގައި އާންމުންގެ ޓެންޓޔތަކަށް އިޒްރާއީލުން ދިން ހަމަލާތަކުގައި ވެސް އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ޣައްޒާގެ މެދުތެރޭގެ ޑެއިރް އެލް ބާލާހުގެ އަލް އަހްލީ ހޮސްޕިޓަލުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އަލްޖަޒީރާގެ ހިންދު ޚޫދާރީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާގެ އާއިލާއަށް ހަމަލާއެއް ދިނުމުން ޝާމް ނަމަކަށް ކިޔާ އަލަށް އުފަން ކުއްޖަކު ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.

"އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަތް ކަނޑާލާފައި ދެތިން ގަޑިއިރު ފަހުން ނިޔާވީ، އޭނާއަށް ލިބުނު އަނިޔާ ވަރަށް ސީރިއަސް ކަމުންކަަމަށާއި، ޑޮކްޓަރުންނަށް އޭނާއަށް ފަރުވާދެވޭގޮތް ނުވި”ހިންދު ބުނެފައިވެއވެެ.


 

 

މި ލިޔުން ކިޔާލުމުން

Ads by MSS