ދުނިޔެ

ފަލަސްޠީނު ކުދިންގެ ހައްޤުގައި އަޑު އުފުލާތީ މިސް ރޭޗަލް އަށް ފުރައްސާރަ ކުރަނީ

ފަލަސްޠީނު ކުދިންގެ ހައްޤުގައި އަޑު އުފުލާތީ މިސް ރޭޗަލް އަށް ފުރައްސާރަ ކުރަނީ

މިސް ރޭޗަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޭޕްރީލު 2025، 11:45

10 އޭޕްރީލު 2025، 11:45

ހުލާސާ


ފަލަސްޠީނުގެ ކުދިންގެ ހައްޤުގައި އަޑު އެފުލާތީ ޔޫޓިޔުބްގައި ކުޑަކުދިންނަށް ޚާއްސަ ކޮންޓެންޓް ގެނެސްދޭ މިސް ރޭޗަލް އަށް ފުރައްސާރަ ކުރި މައްސަލަ ސޯޝަލް މީޑީއާގައި އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މިމައްސަލަ ސޯޝަލް މީޑީއާގައި އަނެއްކާވެސް ފެންމަތިވެގެން ގޮސްފައިމިވަނީ މިސް ރޭޗަލް އެންޓި އިޒްރާއިލް ޕްރޮޕެންގެންޑާ ޕްރޮމޯޓުކުރި ކަމަށްބުނެ އެމައްސަލަ ބެލުމަށް އެމެރިކާގެ ބަންޑާރަ ނައިބަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލުމުންނެވެ. 

އިޒްރާއިލަށް ތާއީދު ކުރާ ފަރާތްތަކުން މިސް ރޭޗަލް ޣައްޒާގައި އަނިޔާލިބެމުންދާ ތުއްތު ކުދިންގެ ވާހަކަތައް އޭނާގެ ވީޑިއޯ އެއްގައި ގެނައުމުން މިސް ރޭޗަލް އަކީ ހަމާސްއަށް ތާއީދުކުރާ އެޖަމާޢަތުގެ ޕްރޮޕެގެންޑާ ފަތުރާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ.

މިސް ރޭޗަލް އަށް ކުރާ މިތުހުމަތުތަކަށް އެނާގެ ދިފާޢުގައި ސޯޝަލް މީޑީއާގައި ވާހަކަދެއްކި މީހުންވަނީ ރައްދުދީފައެވެ. 

“އެއްބައިމީހުން ނަކީ ހާދަ “ޑެލޫޝަނަލް” ބައެކޭ، މިސް ރޭޗަލް އަކީ ހަމާސްއަށް ތާޢީދު ކުރާ މީހެެކޭ އެމީހުންނަށް ބުނަން ކެރޭ އެކަމަކު ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުން ކުށްވެރިއެއް ނުކުރެވޭ” އެކަކު ބުނެފައިވެއެވެ. 

އެހެން މީހަކު ބުނެފައިވަނީ މިސް ރޭޗަލް އަށް ތުހުމަތުކޮށް ލިޔެފައިވާ ޕޯސްޓުތަކަކީ ދޯހަޅި ލިޔުންތަކެއް ކަމަށެވެ. މިހާރު އެމީހުން ދިމާކޮށް ފަހަމުންއެދަނީ އެމެރިކާގެ އެންމެ ގިނަ މީހުން އެންމެ ލޯބިވާ މީހާ ފަހަތުންކަމަަށެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS