Ads by Aqeeqa Maldives

ޚަބަރު

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް އަލުން ފެށިއްޖެ

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް އަލުން ފެށިއްޖެ

މާލޭގެ ކާރޫ ބާރޫ ބޮޑު މަގެއް ފޮޓޯ:ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 04:43

10 އޭޕްރީލު 2025، 04:43

މާލެ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ކަނޑައެޅުމުގެ މަސައްކަތް އަލުން ފަށައިފިކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.މި މަސައްކަތަކީ ރައީސުލްޖުމްހޫެރިއްޔާ   ޑރ. މުޙައްމަދު މުޢިއްޒު މޭޔަރ ކަމުގައި ހުންނެވިއިރު އެމަނިކްފާންގެ އިރުޝާދުގެ ދަށުން ކުރިން ފެށިފައިވާ މަސައްކަތެއް ކަމަށާއި، ނަމަވެސް ޑރ މުޙައްމަދު މުޢިއްޒު ރައީސްކަމަށް ވަޑައިގަތުމާ ގުޅިގެން މި މަސައްކަތް ވަގުތީގޮތުން ހުއްޓިފައިވާ ކަމަށް އަރީޝް ވިދާޅުވިއެވެ.



ޑެޕިއުޓީ މޭޔަރު އަރީޝް އިތުރަށް ވިދާޅުވީ، މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ސަރުކާރަށް ނިސްބަތްވާ 14 ކައުންސިލަރުންނާއި އެހެނިހެން ޕާޓީތަކުގެ ކައުންސިލަރުންވެސް ވޯޓު ދެއްވައި މިކަން ފާސްކޮށްފައިވާ ކަމަށެވެ. އަރީޝް ފާހަގަކުރެއްވި ގޮތުގައި، މިއީ ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުިލަރުން ދައްކަވަމުން ގެންދަވާ ޑިމޮކްރަސީގެ ރީތި ނަމޫނާއެކެވެ.

"އިދިކޮޅު މެންބަރެއް މޭޔަރުކަމުގައި ހުންނެވި ނަމަވެސް، އެ ބޭފުޅާއަށްވެސް މަސައްކަތްކުރެއްވުމަށް ފަހި ފުރުޞަތުތަކެއް ދެމުން ގެންދެވަނީ. މިއީ މިއަދު ޕީ.އެން.ސީގެ ވިސްނުން" އަރީޝް ވިދާޅުވިއެވެ.

އަރީޝް އިތުރަށް ވިދާޅުވީ، ޕީ.އެން.ސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް އިރުޝާދު ދެއްވަމުން ގެންދަވަނީ، ވަކި ފިކުރަކަށް ނުބައްލަވައި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS