Ads by Aqeeqa Maldives

ޚަބަރު

ކައުންސިލްތަކުގެ ދަތިތައް ހައްލުކުރުމުގައި އިތުބާރުކުރެވޭ ވުޒާރާއަކަށް ސިޓީތަކާބެހޭ ވުޒާރާ ވެއްޖެ: އާދަމް ޝަރީފް

ކައުންސިލްތަކުގެ ދަތިތައް ހައްލުކުރުމުގައި އިތުބާރުކުރެވޭ ވުޒާރާއަކަށް ސިޓީތަކާބެހޭ ވުޒާރާ ވެއްޖެ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 12:42

10 އޭޕްރީލު 2025، 12:42

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި އިތުބާރުކުރެވޭ ވުޒާރާއަކަށް ސިޓީތަކާބެހޭ ވުޒާރާ ވެފައިވާ ކަމަށެވެ. މި ވާހަކަ ވަޒީރު ދެއްކެވީ އިދާރީ ދާއިރާތައް ހިންގުމާއި، ވިލަރެސްކުރުމާއި، ބެލެހެއްޓުން ހަރުދަނާ ކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައެވެ.

އެއް ދުވަހުގެ މުއްދަތަށް ބޭއްވުނު މި ބައްދަލުވުމުގެ މަޤްޞަދަކީ ސިޓީތަކާއި އިދާރީ ދާއިރާތަކާބެހޭ ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ ވުޒާރާގެ އަމާޒަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރިކުރުވައި ރަށްވެހި ތަރައްގީ ގެނުވައިދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސިޓީތަކާބެހޭ ވުޒާރާގެ އަމާޒުތައް ހާސިލްކުރެއްވުމަށް ހަތަރު ސިޔާސަތެއް ގެންގުޅުއްވާ ކަމަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގާ ޖަވާބުދާރީވަނިވި ތަންތަނަށް ހެދުމުގެ އިތުރުން އެލްޖީއޭއާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވާލަދިނުމަށް މަސައްކަތްކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސިޔާސީ މުވައްޒަފުންނާއި ސިވިލް މުވައްޒަފުން ހިމެނޭހެން 65 މުވައްޒަފުން ބައިވެރިވިއެވެ. މި ބައްދަލުވުމުގެ ތެރެއިން އެ މަގުސަދުތައް ހާސިލްކުރުމަށް ކިހާވަރެއްގެ މަސައްކަތްތަކެއް ކުރެވޭތޯ ދެނެގަނެ މިހާރު އަމަލު ކުރަމުންދާ އުސޫލުގައި ރަނގަޅުކުރަން ފެންނަ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS