ޚަބަރު
ނޭޕާލުން ރާއްޖެއަށް އެމްބީބީއެސް އާއި އިންޓަރންޝިޕް ފުރުސަތުތައް އިތުރުކޮށްދޭން ނިންމައިފި

ނިއުޔޯކުގައި ބޭއްވުނު ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ ) ފޮޓޯ:ވުޒާރާ
ނިއުޔޯކުގައި ބޭއްވުނު ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ 58) ގެ ހަވާސާގައި ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލްއާއި ރާއްޖޭގެ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއަބްދުއްޞަމަދު ޢަބްދުﷲ ބައްދަލުކުރައްވައި، ރާއްޖެއަށް އެމްބީބީއެސް ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ފުރުސަތުތައް އިތުރުކޮށްދޭނެކަމަށް ނޭޕާލުގެ ސަރުކާރުން ހާމަކުރައްވައިފިއެވެ.
Minister for Health and Population Hon’ble @paudelpradipNC and Minister of State for Health of the Maldives Her Excellency Khadeeja Abdul Samad Abdulla had a bilateral meeting in New York at the margin of #CPD58 and discussed various issues including cooperation in health sector. pic.twitter.com/47ZVzB4afM
— Nepal Mission to the UN (@NepalUNNY) April 9, 2025
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މެޑިކަލް ޕްރޮފެޝަނަލުންނަށް ނޭޕާލުގައި ޕޯސްޓްގްރެޖުއޭޓް ސްޕެޝަލިޓީތަކާއި ސަބް ސްޕެޝަލިޓީއަށް ކިޔެވުމުގެ އާ ފުރުސަތުތައް ހޯދުމާއި، ދެ ޤައުމުގެ މެދުގައި ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ފައިނަލް ކުރުމާއި ގުޅޭ މަޝްވަރާތައް ހިމެނެއެވެ.
ނޭޕާލްގެ ހެލްތު މިނިސްޓަރ ވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް ނޭޕާލުގައި ކިޔެވުމާއި އިތުރު ހުނަރުތައް ހޯދުމުގެ ފުރުޞަތުތައް ކުރިއަށް އޮތްތަނުގައި ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، އިތުރުކޮށްދޭނެ އެމްބީބީއެސް ޕްރޮގްރާމްތަކާއި ތަމްރީން ޕްރޮގްރާމްތަކުގެ އަދަދެއް ބަޔާންކުރައްވާފައެއް ނުވެއެވެ.
Minister of State Khadeeja Abdul Samad Abdulla met with Nepal’s Health Minister @paudelpradipNC at #CPD58 to discuss the finalization of the MoU and outline next steps for expanding opportunities for Maldivian doctors to pursue postgraduate specialties in Nepal.#HealthPartnership pic.twitter.com/T9wV25l1fn
— Ministry of Health (@MoHmv) April 9, 2025
މީގެ އިތުރުން، މިދާދި ފަހުން ފިލިޕިންސްގައި ބޭއްވުނު ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓުގައި ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ފިލިޕިންސްގެ ޞިއްޙަތާ ބެހޭ ވަޒީރާއެކު ބައްދަލުކުރައްވައި، ދިވެހި ޑޮކްޓަރުންނަށް ބޭނުންވާ އިންޓަރންޝިޕްގެ ފުރުސަތު ހޯދުމަށް ރާއްޖޭގައި ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ފިލިޕިންސްގެ ހެލްތު މިނިސްޓަރ ވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.