ދުނިޔެ

ޗައިނާއިން މި ކެނަލް އެޅީކީ ނޫން، ކެނަލް ހިންގަނީކީވެސް ނޫން، މި ކެނަލް ހަތިޔާރަކަށް ބަދަލުކުރެވޭނީކީވެސް ނޫން: ހެގްސެތް

ޗައިނާއިން މި ކެނަލް އެޅީކީ ނޫން، ކެނަލް ހިންގަނީކީވެސް ނޫން، މި ކެނަލް ހަތިޔާރަކަށް ބަދަލުކުރެވޭނީކީވެސް ނޫން: ހެގްސެތް

ޕެނަމާ ކެނަލް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 09:12

09 އޭޕްރީލު 2025، 09:12

ޕެނަމާ ސިޓީގައި ބޭއްވުނު މެދު އެމެރިކާގެ ސަލާމަތީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް ވިދާޅުވެފައިވަނީ ޕެނަމާ ކެނަލް ޗައިނާގެ ބާރުގެ ދަށަށް ދިއުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަން ސާފުކޮށް ވިދާޅުވެފައިވާ ކަމަށް ހެގްސެތް ފާހަގަކުރެއްވިއެވެ.

ހެގްސެތް ވިދާޅުވީ އެމެރިކާއިން ޗައިނާއާ ހަނގުރާމައެއް ކުރަން ބޭނުމެއް ނޫން ކަމަށެވެ. ނަމަވެސް މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފުޅާވަމުން ދިއުމާ ގުޅިގެން، އެކަން ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ޕެނަމާއާއެކު ގާތުން މަސައްކަތްކުރަމުންދާ ކަމަށްވެސް ހެގްސެތް ވިދާޅުވިއެވެ.

"ޗައިނާއިން މި ކެނަލް އެޅީކީ ނޫން. ޗައިނާއިން މި ކެނަލް ހިންގަނީކީވެސް ނޫން. އަދި ޗައިނާއަށް މި ކެނަލް ހަތިޔާރަކަށް ބަދަލުކުރެވޭނެކީވެސް ނޫން،" ހެގްސެތް ނޫސްވެރިންނަށް ވިދާޅުވިއެވެ.

މީގެ ކުރިން ފެބްރުއަރީ މަހު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޕެނަމާއިން އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށާއި، އެމެރިކާއިން އަލުން ކެނަލްގެ ކޮންޓްރޯލް ހޯދާނެ ކަމަށެވެ. މިއަށްފަހު އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ޕެނަމާއަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން، ޕެނަމާއިން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއިން ވަކިވެފައިވެއެވެ. މިކަމާ ގުޅިގެން ޗައިނާއިން ވަނީ ފާޑުކިޔާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS