ދުނިޔެ

އެކަކުވެސް އޭނާ ނުގެންދާށެ، އަހަންނަށް އަދި އޭނާއާއިއެކު ހިތްފުރެންދެން އުޅެލަންދޭށެ!

އެކަކުވެސް އޭނާ ނުގެންދާށެ، އަހަންނަށް އަދި އޭނާއާއިއެކު ހިތްފުރެންދެން އުޅެލަންދޭށެ!

ނަދާ އާއި އޭނާގެ އާއިލާ އަޙްމަދްގެ ހަށިގަނޑުކައިރީގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޭޕްރީލު 2025، 07:49

09 އޭޕްރީލު 2025، 07:49

ދާދި ފަހުން އިޒްރާއިލްގެ ޢަސްކަރިއްޔާއިން ޣައްޒާގެ މީޑީއާ ޓެންޓަށް ދިން ހަމަލާގައި ދިރިހުއްޓާ އަންދާލައި ޝަހީދުކޮށްލެވުނު ނޫސްވެރިޔާ އަޙްމަދު މަންޞޫރު އަންދާލީ ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްނުދެވުނު ކަމަށް ނޫސްވެރިޔާ އަޙްމަދް މަންޞޫރުގެ ހުވަފަތް އަނބިމީހާ ނަދާ މަންޞޫރު ބުނެފިއެވެ. 

ނަދާ އޭނާގެ ދެކުދިންގެ ތެރެއިން އެއްކުއްޖަކު އުރައިގެން ހުރެ ވާހަކަދައްކަމުން ބުނެފައިވަނީ އަޙްްމަދަށް ކޮންމެވެސް ގޯހެއް ކުރިމަތިވި ކަމުގެ އިޙްސާސްތައް އޭނާއަށް ކުރެވެމުން ދިޔަ ކަމަށެވެ. ސަބަބެއް ކަމަށް ނަދާ ބުނެފައިވަނީ ވަރަށް ގިނަ ފަހަރަށް ފޯނުން ގުޅައިގެންވެސް ޖަވާބެއް ނުލިބުން ކަމަށެވެ.

“އެހެންވިޔަސް އޭނާ ދިރިހުންނާނެ ކަމަށް އަހަރެން އުންމީދުކުރިން، އެކަމަކު އެއުންމީދުވެސް މިހާރު އެދިޔައީ، ހަމަލާއަށްފަހު އޭނާގެ ޙާލު ވަރަށް ގޯސްވި، އޭނާ ދިރިހުއްޓާ އަންދާލި މަންޒަރު ދުނިޔޭގެ ލޯތަކުން ދެކުނު، ނަމަވެސް އެކަކަށްވެސް އޭނާ ސަލާމަތެއް ނުކޮށްދެވުނު” ނަދާ ރޮމުން ވާހަކަދައްކަމުން ބުނެފައިވެއެވެ.

އަޙްމަދު މަންޞޫރު ޝަހީދުވެފައިވަނީ ޣައްޒާގެ މީޑީއާ ޓެންޓަކަށް އިޒްރާއިލް ޢަސްކަރިއްޔާއިން ދިން ހަމަލާއެއްގައި އެޓެންޓުގައި ހިފި އަލިފާންގަނޑުގައި އޭނާގެ ހަށިގަނޑުގައި ރޯވެ އެނދުުމުގެ ސަބަބުންނެވެ. އެއަލިފާން ގަނޑުގެ ތެރެއިން އޭނާއަށް ނުނިކުމެވި ތާށިވެފައި ހުރި މަންޒަރާއި އޭނާގެ އެކުވެރި އެހެން ނޫސްވެރިން އަލިފާން ނިއްވާލަން މަސައްކަތް ކުރާ މަންޒަރުތައް ސޯޝަލް މީޑިއާގެ ޕްލްޓްފޯމު ތަކުގައި ދައުުރުވެފައިވެއެވެ. 

މިހަމަލާގައި އެހެން ނޫސްވެރިއަކާއި އާންމު ރައްޔިތެއްވެސް ޝަހީދުވެފައިވެއެވެ. އަދި ގިނަ ބަޔަކަށް އަނިޔާވެސް ވެފައިވެއެވެ. ނޫސްވެރިޔާ އަޙްމަދް ޝަހީދުވެގެން ދިޔައިރު އޭނާގެ އަންބަކާ 3ކުދިން ދުނިޔޭގައި އެބަތިއްބެވެ. 

“އޭ ލޯބިވާ އަޙްމަދްް! އާދޭސް ކޮށްފައި މިބުނަނީ ތެދުވެބަލަ، އަހަންނާއި ތިބާގެ ދަރިންނަށް ތިބާއާއި ނުލާ އެއްވެސް ތާކަށް ނުދެވޭނެއެެއްނު، ތިޔައިީ އަހަރެމެންގެ ބުރަކަށި” ޝަހީދުވެފައޮތް އަޙްމަދްގެ ހަށިގަނޑުގައި ފިރުމަމުން ނަދާ ކިޔަމުންދިޔައެވެ.

އަޙްމަދުގެ ހަށިގަނޑު ޖަނާޒާއަށް ގެންދަން ފެށުމުން ނަދާ އާދޭހާއި އެކު ގޮވަމުން ދިޔަ އާދޭހުގެ ބަސްތަކުން ހިތްތައް ރޮއްވާލިއެވެ.

 “ނުގެންދާށެ، އެކަކުވެސް އޭނާ ނުގެންދާށެ، އަހަންނަށް އަދި އޭނާއާއިއެކު ހިތްފުރެންދެން އުޅެލަދޭށެ” ނަދާ އޭނާގެ ދަރިފުޅު އުނގަށްލައިގެން އިނދެ ރޮމުން އާދޭސްކުރަމުންދިޔައެވެ.

އިޒްރާއިލުން 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނަށް ހަމަލާތައް ދޭންފެށިފަހުން މިހާތަނަށް 232 ނޫސްވެރިޔަކު ޝަހީދުކޮށްލައިފައިވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS