Ads by Aqeeqa Maldives

ޚަބަރު

މާރިޗުމަހު ވޭޕާ ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 123،000 ރުފިޔާއަށް އަރާ: ދިވެހި ފުލުހުން

މާރިޗުމަހު ވޭޕާ ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 123،000 ރުފިޔާއަށް އަރާ: ދިވެހި ފުލުހުން

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 04:17

09 އޭޕްރީލު 2025، 04:17

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށްފަހު، ނިމިދިޔަ މާރިޗު މަހުގެ ތެރޭގައި ވޭޕާ ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 123،000 ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މާރިޗު މަހުގެ 1 އިން 31 އަށް، ވޭޕް ބޭނުންކުރުމާއި ގެންގުޅުމުގެ ސަބަބުން ޖުމްލަ 27 މީހަކު ޖޫރިމަނާ ކުރެވުނެވެ. މީގެ ތެރެއިން ވޭޕް ބޭނުންކުރި ފަރާތްތައް 82،000 ރުފިޔާއިން ޖޫރިމަނާ ކުރެވުނު އިރު، ވޭޕް ގެންގުޅުނު ފަރާތްތައް 41،000 ރުފިޔާއިން ޖޫރިމަނާ ކުރެވުނެވެ.

މީގެ އިތުރުން، ވޭޕް، ސިނގިރޭޓް އަދި އެހެނިހެން ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރުމާ ގުޅޭ 6 މައްސަލައެއް ހުށަހެޅިފައިވާކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ޤާނޫނަށް ޢަމަލުކުރަން ފެށީ 2022 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުއެވެ. މި ޤާނޫނުގެ ދަށުން، ވޭޕްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމުން 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ފުލުހުން ވަނީ މޯބައިލް ފޯނުން ކުރު މެސެޖެއް ފޮނުވައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިއްސާކުރަމުންދާކަން އަންގާފައެވެ. އަދި ހުރިހާ ރައްޔިތުންވެސް މި ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS