Ads by Aqeeqa Maldives

ޚަބަރު

ޕެންޝަން ނިޒާމުގެ މައްސަލަތައް ހައްލުކުރުމަށް މާލިއްޔަތު ކޮމިޓީން އިސްނަގައިފި

ޕެންޝަން ނިޒާމުގެ މައްސަލަތައް ހައްލުކުރުމަށް މާލިއްޔަތު ކޮމިޓީން އިސްނަގައިފި

މާލިއްޔަތު ކޮމިޓީގެ މެމްބަރުން ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 04:07

09 އޭޕްރީލު 2025، 04:07

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ޕެންޝަނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ހުށަހެޅުމަކަށް ފަހުގައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ފާހަގަކުރެއްވި ގޮތުގައި ޕެންޝަން ނިޒާމުގައި ހުރި އެންމެ ބޮޑު މައްސަލައަކީ އެކަކަށް ދެ ޕެންޝަން ދިނުން ނުވަތަ ޑަބަލް ޕެންޝަންގެ މައްސަލައެވެ. މި މައްސަލަ ދިމާވަނީ ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާ ބެހޭ ޤާނޫނުގައި ފުށުއަރާ ކަންތައްތައް ހުރުމުގެ ސަބަބުންނެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވި ގޮތުގައި، ޑަބަލް ޕެންޝަން ދިނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދައުލަތަށް ކުރެވޭނެކަމެއް ނޫނެވެ. މިހާރުވެސް އަހަރަކު 2 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޕެންޝަނަށް ޚަރަދުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ އަންނަ ހަފުތާއިން ފެށިގެން ޕެންޝަނުގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ. މި މަސައްކަތުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނާއި ޕެންޝަން އޮފީހުގެ ބޭފުޅުންނާއި އެކި އިދާރާތަކާ ބައްދަލުކުރުން ހިމެނެއެވެ. މި މަސައްކަތް ކުރާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ޕެންޝަނަށް މިހާރު ލިބޭ އިނާޔަތަށް އުނިކަމެއް ނާންނަ ގޮތަށް އަދި އެފަރާތްތަކަށް ޕެންޝަން ފަހިވާގޮތަށް ބަދަލުތައް ގެނައުމަށް ވަނީ ހުށަހަޅާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS