ދުނިޔެ

ޣައްޒާގައި މަސައްކަތް ކުރާ ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީފި

ޣައްޒާގައި މަސައްކަތް ކުރާ ނޫސްވެރިން ތިބި ޓެންޓަކަށް ހަމަލާދީފި

ހަމަލާއަށް ފަހު މީޑީއާ ޓެންޓުގެ އެތެރޭގެ ޙާލަތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޭޕްރީލު 2025، 04:28

08 އޭޕްރީލު 2025، 04:28

ޣައްޒާގެ ބިމުން އެތަނުގެ ޚަބަރުތައް ގެނެސްދިނުމަށް މަސައްކަތް ކުރާ ނޫސްވެރިން ތިބި ޓެންޓަކަށް އިޒްރާއިލްގެ ޢަސްކަރިއްޔާއިން ހަމަލާދީފިއެވެ. 

މިހަމަލާދީފައިވަނީ ނައްސިރް ހޮސްޕިޓަލް ކައިރީގައި ހުރި މީޑިއާ ޓެންޓަކަށެވެ. ހަމަލާއެރި ވަގުތު ނޫސްވެރިޔާ ޙިލްމީ އަލް ފަޤާވީ އާއި ޢާންމުގެ މީހަކު ޝަހީދުވެފައިވެއެވެ. 

މީގެ އިތުުރުން ހަމަލާގައި ޓެންޓުގައި ރޯވުމުގެ ސަބަބުން ގިނަ ނޫސްވެރިން ތަކަކަށް ވަނީ އަނިޔާވެފައެވެ. 

އެ ހަމަލާއިން ސަލާމަތްވި ނޫސްވެރިއެއް ކަމަށްވާ އަބޭދު ޝާތު އަށް ހަވާލާދީ މިޑިލް އީސްޓް އައި ގައި ބުނެފައިވަނީ ދަންވަރު ތިނެއް ޖަހާކަންހާއިރު އިޒްރާއީލުން މީޑީއާ ޓެންޓަށް ހަމަލާއެއް ދީފައިވަނީ ކުރިން އެއްވެސް އިންޒާރެއް ނުދީ ކަމަށެވެ. އަދި އެޓެންޓުގައި ނޫސްވެރިން މަސައްކަތް ކުރަމުންދިޔަ ކަން އިޒްރާއިލް ސިފައިންނަށް އެނގޭ ކަމަށެވެ.

ހަމަލާ ދިން ވަގުތު އޭނާގެ އެކުވެރިންގެ ތެރެއިން ގިނަ މީހުން ތިބީ ނިދާފައި ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އެ މަންޒަރުތަކަކީ "ގަބޫލުކުރަން ދަތި ވަރުގެ ހަރުކަށި، ހިތާމަވެރި، އަދި ވޭންދެނިވި" މަންޒަރުތަކެއް ކަމަށް އެނޫސްވެރިޔާ ސިފަކޮށްދީފައިވެއެވެ.

ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވި މީހުންގެ ތެރެއިން އެކަކު ކަމަށްވާ އޭނާގެ އެކުވެރިޔާ އަދި ނޫސްވެރިޔާ އަޙްމަދު މަންސޫރުގެ ގައިގައި އަލިފާން ރޯވެ އަނދަމުން ދިޔަ މަންޒަރު ފެނުމުން އެނާ އާއި ދިމާއަށް ދިމާއަށް ދުއްވައިގަތް ކަމަށާއި ސަލާމަތްކުރަން މަސައްކަތް ކުރިކަމަށް އަބޭދު ޝާތު ބުނެފައިވެއެވެ.

"ތިޔަބޭފުޅުންގެ އެކުވެރިޔަކު އަލިފާންގަނޑުގެ ތެރޭގައި އަނދަމުންދާ މަންޒަރަށްވުރެ ބަލަން އުނދަގޫ އެހެން މަންޒަރެއް ވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ޝާތު ބުނެފައިވެއެވެ.

ޓެންޓަށް ދިން ހަމަލާގައި އަލިފާން ރޯވުމުގެ ސަބަބުން ހަށިގަނޑުގެ ބޮޑު ބަޔެއް ފިހުނު މަންސޫރަށް ފަރުވާދެނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

އެޓެންޓަކީ ނޫސްވެރިންގެ ޓެންޓެއްކަން އެނގި ތިބެ އިޒްރާއިލް ސިފައިން އެޓެންޓަށް ހަމަލާދިނުމުން އެއީ ސީދާ ނޫސްވެރިންގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތތުގެެ ދަށުން ދިން ހަމަލާއެއްކަން އެނގޭ ކަމަށް ޝާތު ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS