ދުނިޔެ

100 އަށްވުރެ ގިނަ މައިން ހޯދި މީދަލެއް ދުނިޔޭގެ ރެކޯޑު ފޮތަށް

100 އަށްވުރެ ގިނަ މައިން ހޯދި މީދަލެއް ދުނިޔޭގެ ރެކޯޑު ފޮތަށް

އެފްރިކަން ޖަޔަންޓް ޕައުޗްޑް މީދާ ކަމަށްވާ ރޯނިން މައިން ހޯދަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޭޕްރީލު 2025، 05:59

07 އޭޕްރީލު 2025، 05:59

ކެމްބޯޑިއާގައި ބިމުގެ މައިން ހޯދުމުގައި އެހީތެރިވާ މީދަލެއް ކަމުގައިވާ ރޯނިން، 100 އަށްވުރެ ގިނަ މައިން ހޯދައި ދުނިޔޭގެ ރެކޯޑު ހަދައިފިއެވެ. މި ރެކޯޑަކީ ދުނިޔޭގައި މީދަލެއް އެންމެ ގިނަ މައިން ހޯދި ރެކޯޑެވެ.

އެޕޯޕޯ ނަމަކަށް ކިޔާ ޖަމްޢިއްޔާއިން ބުނާ ގޮތުގައި، އެފްރިކަން ޖަޔަންޓް ޕައުޗްޑް މީދާ ކަމަށްވާ ރޯނިން ވަނީ 2021 އިން ފެށިގެން 109 ބިމުގެ މައިންއާއި 15 ގޮވާ ތަކެތި ހޯދާފައެވެ. މިކަން ގިނަސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާރު 5 އަހަރުގެ އުމުރުގައިވާ ރޯނިންއަކީ މަސައްކަތްތެރި، ރަހުމަތްތެރި އަދި ހިތްހަމަޖެހޭ މާހައުލެއްގައި އުޅޭ މީދަލެއް ކަމަށް އޭނާއާއެކު މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އެޕޯޕޯގެ ތަރުޖަމާނު ލިލީ ޝަލޯމް ބުނާ ގޮތުގައި ރޯނިންގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ވިސްނުންތެރިކަމާއި، މަސައްކަތުގެ އަޚްލާޤާއި އަދި މައްސަލަ ހައްލުކުރުމަށް އޮންނަ ލޯތްބެވެ.

ރޯނިންގެ ހޭންޑްލަރ ފެނީ ބުނާ ގޮތުގައި ރޯނިންގެ ކާމިޔާބީއަކީ މީދަލުގެ ޤާބިލުކަން ދައްކުވައިދޭ ހެއްކެކެވެ. އޭނާއަކީ ހަމައެކަނި އެސެޓެއް ނޫނެވެ. އޭނާއަކީ އަގުހުރި ބައިވެރިއެއް އަދި އެކުވެރިއެކެވެ.

އެޕޯޕޯއިން ވަނީ 30 އަހަރާ ގާތްކުރާ މުއްދަތެއްގައި މީދަލުގެ އެހީގައި ބިމުން މައިން ހޯދުމަށް ތަމްރީނުކުރަމުން އައިސްފައެވެ. ރޯނިންއާއި އޭނާގެ އެކުވެރިން ތަމްރީނުކުރަނީ ގްރިޑް ފެޓަރނެއްގައި ސިސްޓަމެޓިކްކޮށް މަސައްކަތްކުރުމަށާއި، ބިން ކޮނެގެން މައިން ހުރިކަން ދެއްކުމަށެވެ. މި މީދަލުން އާންމުކޮށް ދުވާލަކު 30 މިނެޓު މަސައްކަތްކުރެއެވެ. އަދި ވަކި އުމުރަކަށް ދިޔުމުން ރިޓަޔަރ ކުރެވެއެވެ.

1998 ގައި ނިމުމަކަށް އައި އެތައް އަހަރެއްގެ ހަނގުރާމައިގެ ސަބަބުން ކެމްބޯޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ބިމުގެ މައިން ވަޅުލާފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. މިހާރުވެސް 1،000 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި މައިން ވަޅުލާފައިވާ ކަމަށް ލަފާކުރެވެއެވެ. އަދި މިއީ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންގެ ގުނަވަންތައް ބުރިވެފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. 40،000 އަށްވުރެ ގިނަ މީހުންގެ ގުނަވަން ވަނީ ގޮވާ ތަކެތީގެ ސަބަބުން ގެއްލިފައެވެ.

 ރޯނިންގެ ކުރިން މި ރެކޯޑު ހަދާފައިވަނީ މަގާވާ ނަމަކަށް ކިޔާ މީދަލަކަށެވެ. މަގާވާ 2021 ގައި ރިޓަޔަރ ކުރިއިރު 5 އަހަރުގެ މުއްދަތެއްގައި 71 މައިނާއި 38 ގޮވާ ތަކެތި ހޯދާފައިވެއެވެ. މަގާވާއަށް އޭނާގެ ޚިދުމަތަށްޓަކައި ޕީޑީއެސްއޭ އެނިމަލް ޗެރިޓީއިން  މެޑެއްޔެއްވެސް ދީފައިވެއެވެ. ނަމަވެސް 2022 ގެ ޖަނަވަރީ މަހު މަގާވާ ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS