Ads by Aqeeqa Maldives

ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ޝަރީއަތް ނިމެންދެން ބަންދަށް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ޝަރީއަތް ނިމެންދެން ބަންދަށް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 އޭޕްރީލު 2025، 05:15

06 އޭޕްރީލު 2025، 05:15

މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން، އެ އިދާރާގައި އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ކަންތައްތަކުގެ ތެރޭގައި، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދުމާއި، އިމިގްރޭޝަންގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރުން ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގުކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހުން ބަލައި ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި މުޙައްމަދު ޝަމްއާން ވަޙީދު ދިރިއުޅޭ ގެ ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS