ޚަބަރު
ގއ.ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް : ބޮޑުބައެއް ނިމިއްޖެ

ގއ.ވިލިނގިލީ ބަނދަރު ފޮޓޯ:ވުޒާރާ
ގއ. ވިލިނގިލީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް 2023 ވަނަ އަހަރު ފެށި، މިހާރު ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 54 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ގއ. ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ %54 ވަނީ ނިމިފައި
— Ministry of Construction, Housing & Infrastructure (@MoCImv) April 6, 2025
މަޝްރޫޢުގެ އަދާހަމައަށް ބަލާއިރު، ސޭންޑްފިލް ބްރޭކްވޯޓަރުގެ ކީވޯލް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގ މަސައްކަތްތަކެވެ.
Images via: @MTCCPlc #HarbourProjects pic.twitter.com/bucfONYbxH
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަނދަރު ފުންކޮށް، ބޭރުތޮށިލުމާއި ރިވެޓްމަންޓްގެ އިތުރުން އެއްގަމު ތޮއްޓެއްލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން ބޭރުތޮށީގެ އެތެރެވަރީގައި ހެދުމަށް ހަމަޖެހިފައިވާ ވޯޓަރގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގ މަސައްކަތްތަކެވެ.
ވިލިނގިލީ ބަނދަރަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގައި އަދި އިޤްތިޞާދީގޮތުން މުޅި ސަރަޙައްދުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު ބަނދަރެކެވެ. ވިލިނގިލީގައި އެކަނިވެސް 20 އަށްވުރެ ގިނަ ކަންނެލި ދޯނި އޮވެއެވެ. އެހެންކަމުން، މިހާރު ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މި ބަނދަރު ތަރައްޤީކުރުމަކީ ސަރަޙައްދުގެ އިތުރުން އެރަށުގެ މަސްވެރިކަން ކުރިއެރުވުމަށް ވެސް މުހިންމު ކަމެކެވެ.
މި މަޝްރޫޢުގެ ދަށުން، 59,000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް 114 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވޭނެއެވެ.