Ads by Aqeeqa Maldives

ޚަބަރު

ލިވަރޕޫލާއެކު އެކުލަވާލި ޕާރޓްނާޝިޕާއެކު ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެ : ޠާރިޤް

ލިވަރޕޫލާއެކު އެކުލަވާލި ޕާރޓްނާޝިޕާއެކު ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެ : ޠާރިޤް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2025، 08:09

05 އޭޕްރީލު 2025، 08:09

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް އެފް.ސީއާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތާއެކު ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ފުޓުބޯޅަ ކުލަބުކަމުގައިވާ ލިވަރޕޫލް އެފްސީއާއެކު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އިސްތިހާރުކުރުމަށް ޕާޓްނަރޝިޕެއް ވަނީ އެކުލަވާލާފައެވެ. މި ޕާރޓްނަރޝިޕްގެ ދަށުން ލިވަރޕޫލްގެ ދަނޑު، އެންފިލްޑްގައި ގެންދަނީ ރާއްޖެ އިސްތިހާރުކުރަމުންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ ލިވަރޕޫލާއެކު އެކުލަވާލި ޕާރޓްނާޝިޕާއެކު 200 މިލިޔަނަށްވުރެ ގިނަ ލިވަރޕޫލްގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި މި ޕާޓްނަރޝިޕާއެކު ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލިވަރޕޫލް ޕާޓްނަރޝިޕާއެކު މި އަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ ޓާގެޓުކަމުމުގައިވާ 2.3 މިލިޔަން ފަތުރުވެރިންނަށްވުރެ އިތުރަށް ފަތުރުވެރިން މިހާރު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން މި ޕާޓްނަރޝިޕްގެ ސަބަބުން އެކަނިވެސް އަހަރަކު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ލިވަރޕޫލްގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް 397 މިލިޔަން މީހުންނަށް މީޑިއާ ރީޗްވެފައި އެބަހުރި. މި މީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއް މި ފަހިވަނީ." ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ލިވަރޕޫލް ޕަރޓްނާޝިޕާއެކު ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަންވެސް ހ
                    

މި ލިޔުން ކިޔާލުމުން

Ads by MSS