ދުނިޔެ

މައިކްރޯސޮފްޓްއަށް 50 އަހަރު ފުރުނު ޖަލްސާގައި މުވައްޒަފުން ފަލަސްޠީނަށް ތާއީދުކޮށް އިހުތިޖާޖުކޮށްފި

މައިކްރޯސޮފްޓްއަށް 50 އަހަރު ފުރުނު ޖަލްސާގައި މުވައްޒަފުން ފަލަސްޠީނަށް ތާއީދުކޮށް އިހުތިޖާޖުކޮށްފި

މައިކްރޯސޮފްޓްގެ 50 ވަނަ އަހަރީ ޖަލްސާގެ ތެރެއިން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޭޕްރީލު 2025، 07:56

05 އޭޕްރީލު 2025، 07:56

މައިކްރޯސޮފްޓްއަށް 50 އަހަރު ފުރުނު ޖަލްސާގައި، އެ ކުންފުނީގެ މުވައްޒަފުން ފަލަސްޠީނަށް ތާއީދުކޮށް އިހުތިޖާޖުކޮށްފިއެވެ. މި އިހުތިޖާޖަކީ އިސްރާއީލުގެ ސިފައިންނަށް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމާ ގުޅިގެން ޓެކް އިންޑަސްޓްރީއަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކުގެ އެންމެ ފަހުގެ ނަތީޖާއެވެ.

މި އިހުތިޖާޖު ހިނގައިދިޔައީ މައިކްރޯސޮފްޓްގެ އޭއައި ސީއީއޯ މުސްތަފާ ސުލައިމާން، ކުންފުނީގެ އޭއައި އެސިސްޓެންޓް ޕްރޮޑަކްޓް ކޯޕައިލެޓްގެ އަޕްޑޭޓްތަކާއި ދުރު ރާސްތާގެ ވިޝަން ހުށަހަޅަމުންދަނިކޮށެވެ. މި ޖަލްސާގައި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއާއި ކުރީގެ ސީއީއޯ ސްޓީވް ބޯލްމަރ ވެސް ބައިވެރިވިއެވެ.

މައިކްރޯސޮފްޓްގެ މުވައްޒަފު އިބްތިހާލް އަބޫސަދު، ސްޓޭޖާ ދިމާއަށް ހިނގަމުން "މުސްތަފާ، ލަދުގަންނާށޭ" ގޮވާލިއެވެ. އޭނާ ބުނީ މައިކްރޯސޮފްޓުން އިސްރާއީލުގެ ސިފައިންނަށް އޭއައި ހަތިޔާރު ވިއްކާ ކަމަށާއި، މި ސަބަބާހުރެ 50،000 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މައިކްރޯސޮފްޓުން މި ސަރަހައްދުގައި ހިނގަމުންދާ ނަސްލު ފޮހެލުމުގެ ޢަމަލުތަކަށް ބާރު ދޭ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން، މައިކްރޯސޮފްޓްގެ އެހެން މުވައްޒަފެއް ކަމުގައިވާ ވަނިޔާ އަގްރަވާލް ވެސް ޖަލްސާގެ އެހެން ބައެއްގައި އިހުތިޖާޖުކުރިއެވެ. މިއީ މައިކްރޯސޮފްޓްގެ މިހާރުގެ ސީއީއޯ ސަތްޔާ ނަދެއްލާއާއި، ކުރީގެ ސީއީއޯ ސްޓީވް ބޯލްމަރ އަދި ބާނީ ބިލް ގޭޓްސް އެއް ތަނެއްގައި 2014 ގެ ފަހުން ފުރަތަމަ ފަހަރަށް ބައްދަލުވި ފަހަރެވެ.

މި އަހަރުގެ ކުރީކޮޅު އެސޯސިއޭޓެޑް ޕްރެސްއިން ހާމަކުރި ތަހުގީގަކުން ދައްކާގޮތުގައި، މައިކްރޯސޮފްޓް އަދި އޯޕަން އޭއައިގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން އިސްރާއީލުގެ ސިފައިންގެ ޕްރޮގްރާމެއްގެ ދަށުން ޣައްޒާ އަދި ލުބުނާންގައި ހިންގި ހަނގުރާމަތަކުގައި ބޮންއެޅުމަށް އަމާޒުތައް ހޮވާފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS