ޚަބަރު
މާލޭ މަގުމައްޗަށް ކުނި އަޅާ ފަރާތްތައް ފާހަގަކޮށް ކައުންސިލަށް އަންގަން އިލްތިމާސްކޮށްފި

މާލޭގެ މަގެއްގެ ކަންމައްޗަށް މީގެ ކުރިން އަޅާފައިވާ ކުނިތަކެއް ފޮޓޯ:އެޑިޝަން
މާލޭ މަގުމައްޗަށް ކުނި އަޅަމުންދާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަން ފޮޓޯ އަދި ވީޑިއޯއާއެކު މާލޭ ސިޓީ ކައުންސިލަށް އެންގުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ހަވީރީ ހިނގުމުގައި ކުނި ބަހައްޓަމުންދާ ފަރާތެއް ވަނީ ފާހަގަކުރެވިފައެވެ. މި ފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓުން ދަނީ ފުލުހުންނާ ގުޅިގެން ކުރަމުންނެވެ.
މާލޭ މަގުމައްޗަށް ކުނި އަޅަމުންދާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ އަދި ވީޑިއޯ ކައުންސިލްގެ ނަންބަރު 9341144 އަށް ފޮނުވައިދިނުމަށް ކައުންސިލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ހަވީރީހިނގުމުގައި ކުނި ބަހައްޓަމުންދާ ފަރާތެއް. ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓްއިންދަނީ ފުލުހުންނާއި ގުޅިގެން މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން. މާލެ ސިޓީ ސާފުތާހިރުތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ބޭނުންވޭ.
— Malé City Council (@MaleCitymv) April 5, 2025
މާލޭ މަގުމައްޗަށް ކުނި… pic.twitter.com/lnPi0lbayY