ދުނިޔެ
އެހީގެ އެއްވެސް ޓްރަކެއް ޣައްޒާއަށް ނުވައްދާތާ މަހެއްވެ އިންސާނީ ކާރިސާއެއްގެ ތެރެއަށް

ޣައްޒާގެ ކުޑަކުއްޖަކު ކާތަކެތި ބަހާ ތަނެއްގައި
އިޒްރާއިލުން ޣައްޒާގެ ބޯޑަރު ބަންދުކޮށްފައިވާތީ ޣައްޒާއަށް އެހީގެ ޓްރަކެއް ނުވައްދާތާ މަހެއްވެ އިންސާނީ ކާރިސާއެއްގެ ތެރެއަަށް ވެއްޓިދާނެ ކަމަށް ލަފާކޮށްފިއެވެ.
އިންސާނީ އެހީދޭ ޖަމާއަތެއް ކަމަށްވާ މާސީ ކޯޕަސް އިން ބުނެފައިވަނީ ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް މިހާރު ކާބޯތަކެތީގެތެރެއިން ހިމެނޭ އެންމެ އަސާސީ ތަކެތިވެސް ނުލިބޭކަމަށެވެ.
34 ހޮސްޕިޓަލާއި 80 ޞިއްޙީ މަރުކަޒު ހަލާކުވެފައިވާއިރު، ޞިއްޙީ ސާމާނު ލިބުމުގެ ދަތިކަން ބޮޑުވެ ޞިއްޙި ޚިދުމަތްތައް ދިނުން ވަނީ ވަރަށްބޮޑަށް ދަތިވެގެން ގޮސްފައެވެ.
ނަރުދަމާގެ ނިޒާމްތައް ހަލާކުވެ، ބަލި ފެތުރުން އިތުރުވަމުންދާ ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެއިތުރުން ހުރިހާ ބޭކެރީއެއް ތެޔޮ ނެތުމުގެ ސަބަބުން ބަންދުވަމުންދާއިރު، އާއިލާތަކަށް ކާބޯތަކެތި ލިބޭނެ ގޮތެއް ވަނީ ނެތިފައެވެ.
ކާބޯތަކެތީގެ ދަތިކަން އިތުރުވެ، ތަކެތީގެއަގުތައް މައްޗަށްއެރުމުގެ ސަބަބުން، ދިރިތިބުމަށް ޣައްޒާގެ ރައްޔިތުިން ކުރަމުންދާ އުންމީދުގެއަލިކަންވެސް ދަނީ ފަނޑުވަމުންނެވެ.