ދުނިޔެ
ހަންގޭރީއިން އައިސީސީ އިން ވަކިވާނެ ކަމަށް ބުނެފި

ހަންގޭރީއިން ނަތަންޔާހޫއަށް މަރުހަބާކިޔުން
ހަންްގޭރީ އިން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަކިވާނެކަމަށް ބުނެފިއެވެ.
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބަން އެކަން އިޢުލާނުކޮށްފައިވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިސީވްކުރަން އެރަޕޯޓަށް ދިޔުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ހަންގޭރީ އިން މިގޮތައް އިޢުލާނުކޮށްފައިވަނީ އައިސީސީގެ މެމްބަރުކަމުން ވަކިވާނެ ކަމަށްބުނެފައިވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނިކޮށެވެ.
ހަންގޭރީގެ މި އިންޒާރާއި ގުޅިގެން ގިނަ ބަޔަކުއަންނަނީ ހަންގޭރީއަށް ފާޑުކިޔުންތައް ކުރިމަތިކުރަމުންނެވެ. އައިސީސީ އިން ނަތަންޔާހޫ ހައްޔަރުކުުރުމުގެ އަމުރެއް ނެރެފައި އޮތްނަމަވެސް، ހަންގޭރީއިން ދަނީ ނަތަންޔާހޫއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ.
2002 ވަނަ އަހަރު އުފެއްދި އައިސީސީއަށް އެއްވެސް މީހަކު ހައްޔަރު ކުރުމުގެ ބާރެއް ނޯވެއެވެ. އެ ކޯޓުގެ އަމުރުތައް ތަންފީޒު ކުރުމަށް އެކޯޓުން ބަރޯސާވެފައިވަނީ 125 މެމްބަރު ގައުމުގެ އެއްބާރުލުމަށެވެ.
ނަމަވެސް ދުސްތޫރީ ސަބަބުތަކާ ހުރެ ބުޑަޕެސްޓުން އެއާ ގުޅުން ހުރި މުއާހަދާ އިއުލާންކޮށްފައި ނުވާތީ އައިސީސީގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމު ނުވާ ކަމަށް ބުނެއެވެ.