ދުނިޔެ
އަނެއްކާވެސް ޣައްޒާގެ ބޮޑު ސަރަހައްދެއް ހުސްކުުރުމަށް އިޒްރާއިލުން އަންގައިފި

ހަމަލާތަކާއި ގުޅިގެން ގެދޮރުދޫކޮށް ދިޔަ ބައެއް މަގުމަތީގައި
ޢައްޒާގެ ބޮޑު ސަރަހައްދަކުން މީހުން ފޭބުމަށް އިޒްރާއިލުން އަނެއްކާވެސް އަންގައިފިއެވެ.
އިޒްރާއީލު ސިފައިންގެ ތަރުޖަމާނަކު ނެރުނު އިންޒާރުގެ މެސެޖެއްގައި ބުނެފައިވަނީ ޝުޖާއްޔާ ސަރަހައްދާއި އަލްޖަދީދާ، އަލް ތުރުކުމާން، ތަސްބީހް އަދި އިރުމަތީ ޒައިތޫންގެ ސަރަހައްދު ހުސްކޮށް ރައްޔިތުން ގޭގެއިން ނުކުތުމަށް އަމުރުކުރަމުންނެވެ.
އެ އަމުރުގައި އިތުރަށް ބުނެފައިވަނީ އެސަރަހައްދުތަކުގައި ޓެރަރިސްޓު ބޭސްތައް އެބަހުރި ކަމަށާއި އެތަންތަން ނައްތާލުމަށް އިސްރާއީލުގެ ސިފައިން އެސަރަހައްދުގައި ހަތިޔާރާއި އެކު ހަރަކާތްތެެރިވާނެ ކަމަށެވެ.
މި ސަރަހައްދުތައް ވަގުތުން ހުސްކޮށް، ހުޅަނގު ޣައްޒާ ސިޓީގައި ހުރި ސޭފް ޒޯންތަކަށް ބަދަލުވާންޖެހޭ.
އޭނާ އިތުރަށް ބުނެފައިވެެއެވެ.
އިޒްރާއިލުން އެ ބަޔާންކުރާ “ސޭފް ޒޯން” ތަކަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. މީގެ ކުރިން މަޖުބޫރުކޮށްގެން ގެތަކުން ބޭރަށް ނެރުމުގެ އަމުރުތައްނެރެ އެމީހުން އެބުނާ “ސޭފް ޒޯން” ތަކުގައި ތިއްބައި ހަމަލާތައްދީ އެތައް ބަޔަކު ޝަހީދުކޮށްލައިފައިވެއެވެ.
އަދި އިޒްރާއީލުގެ އިންޒާރަށް ބޯލަނބާ ސަރަހައްދުތައް ދޫކޮށް ހިޖުރަ ކުރުމަށް ދަތުރުފަށާ މީހުން ދަތުރުމަތީގައި ވަނިކޮށްވެސް ޝަހީދުކޮށްލައިފައިވެއެވެ.
މާރޗް މަހު އދ.އިން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން ހަމަލާތައް ހުއްޓާލުމާ ގުޅޭ އެއްބަސްވުން އުވާލައި އިޒްރާއިލުން އަލުން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 142،000 މީހުންވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ.