Ads by Ministry of Arts, Culture and Heritage

ޚަބަރު

ލ. ހިތަދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ލ. ހިތަދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި

ލ. ހިތަދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވުން / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

15 ނޮވެމްބަރު 2026، 06:34

15 ނޮވެމްބަރު 2026، 06:34

ލ. ހިތަދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށްފިއެވެ.

މިއަދު ލ. ހިތަދޫގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ލ. ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫންއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި، ހިތަދޫ ކައުންސިލްގެ މެންބަރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

ދިވެހިރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ފުލުހުންގެ އަމިއްލަ އިމާރާތްތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ. މިއަދު ހުޅުވުނު މި އައު މަރުކަޒާއެކު، ހިތަދޫގެ އަމަންއަމާންކަން ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450