Ads by Farudhun

ޚަބަރު

މިއަދާއި މާދަމާވެސް އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތްދޭނެ

މިއަދާއި މާދަމާވެސް އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތްދޭނެ

އިމިގްރޭޝަންގެ ޚިދުމަތް ދެނީ. ފޮޓޯ: އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 ނޮވެމްބަރު 2026، 09:25

11 ނޮވެމްބަރު 2026، 09:25

ޖުމްހޫރީ ދުވަހާއި ގުޅިގެން ސަރުކާރު ބަންދުވި ނަމަވެސް، މިއަދާއި މާދަމާ ވެސް މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދާއި މާދަމާ ވެސް މާލެ، ހުޅުމާލެ އަދި އައްޑޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި ހަމައެހެންމެ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މާލެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 16:00 އަށެވެ. 

އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށެވެ. 

އައްޑޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 17:00 އަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައި ވަނީ، ސިއްހީ ކުއްލި ފަރުވާ ބޭނުންވާ ފަދަ މެޑިކަލް އެމަރޖަންސީ ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޚިދުމަތް ހޯދޭނެ ކަމަށެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450