Ads by Farudhun

ޚަބަރު

ފެނާއި ނަރުދަމާގެ 6 މަޝްރޫޢެއް ސްޓެލްކޯއާ ޙަވާލުކޮށްފި

ފެނާއި ނަރުދަމާގެ 6 މަޝްރޫޢެއް ސްޓެލްކޯއާ ޙަވާލުކޮށްފި

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ތިމާވެއްޓައި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 ނޮވެމްބަރު 2026، 07:24

11 ނޮވެމްބަރު 2026، 07:24

ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ 6 މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދީ، ރަށްރަށުގައި ގާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



މީގެ އިތުރުން، މި ޚިދުމަތްތައް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ސްޓެލްކޯއާ މި މަސައްކަތްތައް ހަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށް ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450