ދުނިޔެ

އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: ޓްރަމްޕް

އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: ޓްރަމްޕް

ރައީސް ޑޮނަލްޑް ޓްރަމްޕް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 ނޮވެމްބަރު 2026، 10:18

07 ނޮވެމްބަރު 2026، 10:18

އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން "ވަރަށް ބޮޑު ކުރިއެރުމެއް" ހޯދަމުން އަންނަ ކަމަށާއި، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަވެސް، މި ކުރިއެރުމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އެމެރިކާއިން މިހާރު ދަނީ އީރާނާއެކު މުއާމަލާތު ކުރަމުން ކަމަށެވެ. އަދި އީރާނުން ވެސް ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން ކަމަށް ފާހަގަކޮށް، މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ބުންޏެވެ.

މީގެއިތުރުން، އީރާނާ ދެމެދު އޮތް މި ނުތަނަވަސްކަމަކީ ހަނގުރާމައެއްގެ ގޮތުގައި ސިފަކުރުމަށް ޓްރަމްޕް ދެކޮޅު ހެދިއެވެ. އޭނާ ބުނީ އެމެރިކާއިން އީރާނާއި ދެކޮޅަށް ހިންގާފައި ވަނީ އަސްކަރީ ތާރީޚުގައި ވެސް އެންމެ ވަރުގަދަ ހަމަލާތައް ކަމަށެވެ. އަދި ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ މި ހާލަތު އަޅާކިޔަމުން، އެމެރިކާއިން ހަނގުރާމައެއް ނުކުރާ ކަމަށާއި ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު މަރުވެފައި ނުވާ ކަމަށް ބުންޏެވެ.

ހަމައެއާއެކު، އީރާނުގެ އަސްކަރީ ސާމާނުތަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ކުދި ހަމަލާތަކެއް ދީފައިވާ ކަމަށް ޓްރަމްޕް ވަނީ އެއްބަސްވެފައެވެ. އެގޮތުން އީރާނުން އުފެއްދި ވައިގެ ދިފާއީ އާލާތެއް، ފަސް ވަރަކަށް ނުވަތަ 15 ވަރަކަށް މިނެޓުގެ ތެރޭގައި އެމެރިކާ ސިފައިން ނައްތާލާފައިވާ ކަމަށް އޭނާ ދައުވާކުރިއެވެ. އެހެންނަމަވެސް އެ ހަމަލާ ދިން ވަގުތެއް ނުވަތަ ވަކި ތަނެއް ސާފުކޮށެއް ނުދެއެވެ.

ޓްރަމްޕް އިތުރަށް ދައުވާކުރި ގޮތުގައި، އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު މިހާރު ވަނީ މުޅިން ހަލާކުކޮށްލެވިފައެވެ. އަދި އެ ގައުމުގެ އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 300 އިންސައްތައަށް އުފުލިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450