Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ވެސްޓްޕާކް ސަރަޙައްދުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ވެސްޓްޕާކް ސަރަޙައްދުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ސެޕްޓެމްބަރު 2026، 05:48

22 ސެޕްޓެމްބަރު 2026، 05:48

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގުގެ ތިންވަނަ ފިޔަވަހީގައި ހިމެނޭ ވެސްޓްޕާކް ސަރަޙައްދުގައި ފެން ހިންދާ ވަޅު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރަމުން އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފޭސް 3 ގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި ފެން ހިންދުމަށް ޚާއްޞަ ވަޅެއް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށެވެ. 

މި މަސައްކަތުގެ 3 ވަނަ ފިޔަވހީގައި ހިމެނެނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ. މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެންބަރު މަހު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ޤާއިމުކުރެވޭ މި ސްޓޯމްވޯޓާ ނިޒާމުގެ ސަބަބުން، މާލޭގެ މަގުތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު އަންނަނީ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450