Ads by Farudhun

ޚަބަރު

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ނިޡާމް އައްޔަންކޮށްފި

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ނިޡާމް އައްޔަންކޮށްފި

އަޙްމަދު ނިޡާމް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ސެޕްޓެމްބަރު 2026، 07:59

21 ސެޕްޓެމްބަރު 2026، 07:59

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، ނިޡާމް މި މަޤާމަށް އައްޔަނުކުރައްވާފައި ވަނީ 20 ސެޕްޓެމްބަރު 2026 އިން ފެށިގެނެވެ.



ސްޓެލްކޯ އަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ އިތުބާރު ހުރި، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ސަރުކާރުގެ ޙިއްޞާ އޮންނަ ކުންފުނިތައް ހިންގުން ހަރުދަނާ އުޞޫލަކަށް ފެއްތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަހަކަށް އައިސް މުހިންމު ފިޔަވަޅުތަކެއް ވަނީ އިޢުލާނުކުރައްވާފައެވެ. އެގޮތުން ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި، އެއްބާވަތެއްގެ މަސައްކަތްތައް ކުރަމުންދާ ކުންފުނިތައް އެއްކޮށްލުމުގެ ގޮތުން ފެނަކަ އެސްޓީއޯގެ ދަށަށް އަދި އާރުޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކުރުމާއި، ފައިދާ ނުލިބޭ ބައެއް ކުންފުނިތައް އުވާލުން ހިމެނެއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމުގެ އިތުރުން މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ އެންމެހައި އިޚްތިޔާރާއި މަސްއޫލިއްޔަތު ދީފައިވަނީ ޕީސީބީއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450