Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ނޯޓިސްއަށް ޖަވާބުދާރީވާން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ނޯޓިސްއަށް ޖަވާބުދާރީވާން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫއު ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 06:35

26 އޯގަސްޓު 2026، 06:35

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަރުޙަލާގައި ފޮނުވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު، 21 ދުވަހަށް އިތުރުކޮށްދީފި ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މި މަޝްރޫޢަށް ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ މި ފޯމުތަކުގެ މަޢުލޫމާތުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް އެއްކޮށް، އެ މަޢުލޫމާތުތައް ދަނީ މުޅިން އޮޓޮމޭޓެޑް ޕްލެޓްފޯމެއް މެދުވެރިކޮށް ޗެކްކުރަމުންނެވެ.

މިގޮތަށް މަޢުލޫމާތު ޗެކްކުރާއިރު، ރަޖިސްޓްރީއާ ގުޅިގެން ފުށުއެރުމެއް ހުރިކަން ފާހަގަކުރެވޭ ފަރާތްތަކަށް އެކަން އަންގައި، ސައްޙަ މަޢުލޫމާތު "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ސާފުކޮށްދިނުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަސޭހަކޮށްދިނުމުގެ މަޤްޞަދުގައި، އެ މުއްދަތު މިހާރު ވަނީ 21 ދުވަހަށް އިތުރުކޮށްދީފައެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދެވިފައިވާ 21 ދުވަހުގެ ތެރޭގައި "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްދިނުމަށާއި، މަޢުލޫމާތުގެ ފުށުއެރުންތައް އިޞްލާޙު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ފޯމު ހުށަހެޅި ފަރާތްތަކާ މުޢާމަލާތްކުރާނީ ހަމައެކަނި މި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ދެވިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީ ނުވެއްޖެނަމަ ފަހުން މަޢުލޫމާތު ރަނގަޅުކުރުމުގެ އިތުރު ފުރުޞަތެއް ނުލިބޭނެ ކަމަށްވެސް އެ ވުޒާރާއިން ހަނދާންކޮށްދެއްވައެވެ.

ސަރުކާރުގެ އަމާޒަކީ، އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ އެންމެހައި މަސައްކަތްތައް ނިންމައި، ޑިސެންބަރު މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450