ޚަބަރު
ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަންތަކެއް ފެނިއްޖެ
ޝަހީދު ހުސައިން އާދަމް ބިލްޑިންގް--
ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަންތަކެއް ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ވަޒަންތައް ފެނިފައި ވަނީ 24 އޮގަސްޓް 2026 ގައި ވައިގެ މަގުން ރާއްޖެ އެތެރެވި އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރ (36 އަހަރު)ގެ އަތުން ކަމަށެވެ.
އެގޮތުން، އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް 25 އޮގަސްޓުގައި ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި، ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއައި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރ ގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުމާ ގުޅޭ pic.twitter.com/KbXvBFli4X
— Maldives Police (@PoliceMv) August 25, 2026