Ads by Farudhun

ޚަބަރު

ހަނިމާދޫގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓް ގެންގޮސްފި

ހަނިމާދޫގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓް ގެންގޮސްފި

އެ ރަށަށް ގެންދިޔަ ޖެންސެޓު. ފޮޓޯ: ފެނަކަ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 އޯގަސްޓު 2026، 10:01

24 އޯގަސްޓު 2026، 10:01

ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް  ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ މި އައު ޖެންސެޓް ގެނައުމުގެ ކުރިން ހަނިމާދޫ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 3500 ކިލޯވޮޓު ކަމަށެވެ. އެހެންކަމުން އަލަށް އަލަށް ގެންދިޔަ 1200 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 4400 ކިލޯވޮޓަށް މަތިވެގެންދާނެ ކަމަށް  ފެނަކައިން ވިދާޅުވެއެވެ.



ރަށްރަށުގައި ހިންގާ އިންޖީނުގެތަކުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުންނަށް އިތުބާރު ހިފޭ ފެންވަރެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު މަގުސަދު ކަމުގައި ފެނަކައިން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، އެކި ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތަކުގެ ފެންވަރު ބަލައި ވަޒަންކުރުމަށްފަހު، އެ ތަކެތި އޯވަރހޯލް ކުރުމުގެ އިތުރުން ކަރަންޓު ކެނޑުމާއި ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރުމަށް ސަރުކާރާ ގުޅިގެން ފެނަކައިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުންފުނިން ހާމަކުރާ ގޮތުގައި މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ.

ކަރަންޓުގެ ޚިދުމަތަކީ އަސާސީ ގޮތުން ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތަކަށް ވާތީ، އެއްވެސް މެދުކެނޑުމެއްނެތި މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ އެއް ސިޔާސަތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450