Ads by Farudhun

ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން މުބާރާތުން 4 ވަނަ ދިވެއްސަކަށް ލިބިއްޖެ

ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން މުބާރާތުން 4 ވަނަ ދިވެއްސަކަށް ލިބިއްޖެ

ވަޒީރު އަލްޙާފިޒާ ފާޠިމަތު ޝާޔާއާއެކު. ފޮޓޯ: އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޯގަސްޓު 2026، 08:45

20 އޯގަސްޓު 2026، 08:45

ސައުދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ދަސްކޮށް ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން، މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު،  4 ވަނަ ހާސިލުކޮށްފިއެވެ.

މުބާރާތުގެ ހަތަރު ވަނައަށް ހާއްސަ އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސައޫދީ ރިޔާލް ވަނީ ކަނޑައަޅާފައެވެ. 

މިއީ ވޭތުވެދިޔަ 46 އަހަރުވަންދެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގައި އަންހެން ކުދިން ވާދަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގައި އަންހެން ބައިވެރިންނަށް ހާއްސަ ގޮތްޕެއް ހިމަނާފައެއް ނުވެއެވެ. މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ޤައުމެއްގެ ބައިވެރިން ވަނީ ވާދަކޮށްފައިވެއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ މައްކާގެ ޙަރަމްފުޅުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ.

މީގެ އިތުރުން ސައޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚާއި، މަސްޖިދުލް ޙަރަމްގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަސްމިއްޔާތުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސައޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން ތަހުނިޔާ ވިދާޅުވެ، ހިތްވަރު ދެއްވާފައެވެ. 

އަދި މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރި ބައިވެރިއަކަށް މުބާރާތުގެ ހާއްސަ ވަނައެއް ލިބުމަކީ، މަކީ ރާއްޖެއަށް ލިބުނު ޝަރަފެއްކަމަށް  ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450