ދުނިޔެ

ޓްރަމްޕާއި އޭނާގެ ޓީމުން ފަލަސްތީނު ރައްޔިތުން އިންސާނުންގެ ގޮތުގައި ނުދެކޭ : ލޮވެންސްޓައިން

ޓްރަމްޕާއި އޭނާގެ ޓީމުން ފަލަސްތީނު ރައްޔިތުން އިންސާނުންގެ ގޮތުގައި ނުދެކޭ : ލޮވެންސްޓައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނަތަންޔާހޫ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 03:19

10 އޯގަސްޓު 2026، 03:19

ޣައްޒާގެ ސުލްހައިގެ އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި، މަޝްހޫރު ނޫސްވެރިއެއް އަދި މުސައްނިފެއް ކަމަށްވާ އެންތަނީ ލޮވެންސްޓައިން އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ލޮވެންސްޓައިން ބުނި ގޮތުގައި، އިސްރާއީލުން ސުލްހައިގެ މަގަށް ރުޖޫއަވުމަށް މަޖުބޫރު ކުރުވުމުގެ ފުރުސަތާއި ބާރު އެމެރިކާއަށް އެބައޮތެވެ. އެގޮތުން، އިސްރާއީލަށް ދެމުންދާ މާލީ އެހީތަކާއި އަސްކަރީ އެހީތައް ހުއްޓާލުމުގެ އިތުރުން، އދ. ގައި ނަގާ ވޯޓުތަކުގައި އިސްރާއީލާ ދެކޮޅަށް ވޯޓު ދިނުމަކީ އެމެރިކާއަށް ކުރެވެން ހުރި ކަންކަން ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، އެމެރިކާއިން އެފަދަ ފިޔަވަޅެއް އަޅަން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި އިތުރަށް ވާހަކަ ދައްކަމުން ލޮވެންސްޓައިން ބުނީ، އެމެރިކާގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ފަރާތްތައް ކަމަށްވާ ޑޮނަލްޑް ޓްރަމްޕާއި، ޖެރެޑް ކުޝްނަރ އަދި ސްޓީފަން މިލާ ފަދަ ބޭފުޅުން ފަލަސްތީނުގެ ރައްޔިތުންނަކީ އިންސާނުންގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ. އަދި އެ ބޭފުޅުން ދެކޭގޮތުގައި ފަލަސްތީނު މީހުންނަކީ އިސްރާއީލުގެ ޔަހޫދީންނާ އެއްވަރުގެ ބައެއް ނޫން ކަމަށާއި، ސުލްހައިގެ އެއްބަސްވުންތައް ކާމިޔާބު ނުވުމުގެ އަސްލު ސަބަބަކީ އެއީ ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.

މި ހަމަލާތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުއަޅަމުންދާއިރު، އެމެރިކާގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް ނިމުމެއް ނާންނަކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450