ދުނިޔެ

މަރުގެ އަދަބާ ކުރިމަތިލާންޖެހުނަސް އެނބުރި ގައުމަށް ވަޑައިގަންނަވާނެކަން ޝައިޚް ހަސީނާ ހާމަކުރައްވައިފި

މަރުގެ އަދަބާ ކުރިމަތިލާންޖެހުނަސް އެނބުރި ގައުމަށް ވަޑައިގަންނަވާނެކަން ޝައިޚް ހަސީނާ ހާމަކުރައްވައިފި

ޝައިޚް ހަސީނާ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޯގަސްޓު 2026، 02:21

06 އޯގަސްޓު 2026، 02:21

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވީ ނަމަވެސް އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ގަސްދުކުރައްވާކަން އޭނާ ހާމަކުރައްވައިފިއެވެ.

ޝައިޚް ހަސީނާގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާއި ގުޅިގެނެވެ. 

އޭނާގެ ސަރުކާރު ވެއްޓުމަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނިއު ދިއްލީގައި ބޭއްވި ހަރަކާތެއްގައި ދެއްވި އޯޑިއޯ ތަގުރީރެއްގައި ހަސީނާ ވިދާޅުވީ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ދައުވާގައި އޭނާގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވީ ނަމަވެސް، އަމިއްލައަށް އެނބުރި ވަޑައިގަތުމަކީ ރައްޔިތުންގެ ހައްގުގައި އޭނާގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. ދަރިވަރުން އިސްނަގައިގެން ފެށި މުޒާހަރާތަކަކާއި ގުޅިގެން ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ހަސީނާ ފިއްލަވައިގެން ވަޑައިގަންނަވާފައި ވަނީ އިންޑީޔާއަށެވެ.

ބަންގްލަދޭޝްއިން ތަކުރާރުކޮށް ހަސީނާ އެ ގައުމާ ހަވާލުކުރުމަށް އެދެމުންދިޔަ ނަމަވެސް، އިންޑިއާއިން މިހާތަނަށް ވަނީ އޭނާ ހަވާލުކުރުމަށް އިންކާރުކޮށްފައެވެ.

ޝައިޚް ހަސީނާގެ ސަރުކާރާއި ދެކޮޅަށް ހިންގި މުޒާހަރާތަކުގައި ގާތްގަނޑަކަށް 1,400 މީހުން މަރުވެފައިވާ ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފައިވާއިރު، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓުން ވަނީ މި މުޒާހަރާ ހުއްޓުވުމަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގި ކަމުގެ ދައުވާގައި ޝައިޚް ހަސީނާ މެރުމަށް ހުކުމްކޮށްފައެވެ.

 2024ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ފުރާނަ ގެއްލުނު މީހުންގެ ހަނދާން އާކުރުމުގެ ގޮތުން 'ޖުލައި މާސް އަޕްރައިޒިންގ މެމޯރިއަލް މިޔުޒިއަމް' ގެ ނަމުގައި ހާއްސަ ދާރުލްއާސާރެއް ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި މިހާރު ވަނީ ހުޅުވާފައެވެ. މި ތަން ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން، ބޮޑުވަޒީރު ޠާރިޤު ރަޙްމާނެވެ.

މި މަޝްރޫއަކީ ޝައިޚް ޙަސީނާގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން، 2024 އޮގަސްޓު 8 ގައި ދައުލަތާ ހަވާލުވެވަޑައިގެންނެވި މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ދާރުލްއާސާރު ހުޅުވުމުގެ ރަސްމިއްޔާތުގައި މުޙައްމަދު ޔޫނުސް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450