ދުނިޔެ

އެމެރިކާ އާއި ސައުދީގެ ވައިގެ ހަމަލާތަކެއްގައި އިރާގުގެ ހަނގުރާމަވެރިންތަކެއް މަރުވެއްޖެ

އެމެރިކާ އާއި ސައުދީގެ ވައިގެ ހަމަލާތަކެއްގައި އިރާގުގެ ހަނގުރާމަވެރިންތަކެއް މަރުވެއްޖެ

އިރާގުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 03:14

29 ޖުލައި 2026، 03:14

އެމެރިކާ އާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގުގެ ހަތް ޕްރޮވިންސަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އިރާގުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް) އަށް ނިސްބަތްވާ މަދުވެގެން 20 ހަނގުރާމަވެރިން މަރުވެއްޖެއެވެ.

އިރާގުގެ ސަރުކާރުން ގަބޫލުކުރާ، ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތައް ހިމެނޭ ޕީ.އެމް.އެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކުގައި 20 މީހުން މަރުވުމުގެ އިތުރުން 32 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް ލިބިފައިވާ ވަގުތީ މައުލޫމާތު ކަމަށާއި، ހަމަލާދިން ސަރަހައްދުތައް ބަލައި ފާސްކުރަމުންދާއިރު މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެ ޖަމާޢަތުން ބުނެއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާގުގެ ބަޣުދާދު، ވަސިތު، ނިނެވެހް، ބަސްރާ، ކިރްކޫކް، ކަރުބަލާ އަދި ދިޔާލާ ޕްރޮވިންސްގައި ހުރި ޕީ.އެމް.އެފްގެ މަރުކަޒުތަކަށެވެ.

މި ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށާއި، ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ އިތުރުން އަސްކަރީ ސާމާނުތަކަށް އެކި މިންވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450