ދުނިޔެ

އީރާނުން މުޒާހަރާގެ ބައިވެރިން މަރަމުންދާތީ އެމްނެސްޓީގެ ކަންބޮޑުވުން

އީރާނުން މުޒާހަރާގެ ބައިވެރިން މަރަމުންދާތީ އެމްނެސްޓީގެ ކަންބޮޑުވުން

އީރާންގައި މުޒާހަރާ ކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2026، 03:00

29 ޖުލައި 2026، 03:00

އީރާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ މީހުން މަރަމުންދާ ދިއުން އިތުރުވެ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް މުޒާހަރާގެ ފަސް ބައިވެރިއަކު ދަންޖައްސާފައިވާތީ އެމްނެސްޓީ އިންޓަރނޭޝަނަލްއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހު އާމިރު ހުސައިން ސަފާރީ އާއި އަބުދުލްފަޒްލް ސަޕާހީ އާންމުންގެ ކުރިމަތީގައި ދަންޖައްސާފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވުމަށް ތެހެރާނުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ.

އެމްނެސްޓީގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ޑައިރެކްޓަރު ހޭބާ މޮރާޔެފް ވިދާޅުވީ، އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ނުހައްގުން މީހުން މެރުމުގެ ބިރުވެރި ރާޅެއް ފަތުރަމުން ކަމަށެވެ. އަދި މީގެ ބޭނުމަކީ ސަރުކާރާ ދެކޮޅު ފަރާތްތަކަށް އަދަބުދީ، ގައުމުގެ މައްޗަށް ފުރިހަމަ ކޮންޓްރޯލް އޮތްކަން ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ މިހާތަނަށް އެކަނިވެސް، ޖެނުއަރީ މަހުގެ މުޒާހަރާތަކާ ގުޅިގެން 26 މީހަކު މަރާފައިވާއިރު، ސިޔާސީ ސަބަބުތަކަށްޓަކައި އިތުރު 26 މީހަކު ވެސް ވަނީ ދަންޖައްސާފައެވެ. އެމްނެސްޓީން ހާމަކުރި ގޮތުގައި، މިހާރުވެސް އިތުރު 60 މީހަކަށް މަރުގެ އަދަބު ދިނުމުގެ ބިރު އެބައޮތެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ގޮތުގައި ތިއްބާ ހައްޔަރުކުރި ތިން މީހަކު ވެސް ހިމެނެއެވެ.

އީރާނުން ހިންގަމުންދާ މި "ދައުލަތުގެ ގާތިލްކަން" ހުއްޓުވުމަށްޓަކައި، އދ. ގެ މެންބަރު ގައުމުތަކުން ޑިޕްލޮމެޓިކް ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450