Ads by Farudhun

ޚަބަރު

ޤައުމެއްގެ މާދަރީ ބަހާއި، ސަޤާފަތާއި އާދަކާދައަކީ އެ ޤައުމެއްގެ މިނިވަންކަމުގެ ރަމްޒުތައް: ވަޒީރު ހީނާ

ޤައުމެއްގެ މާދަރީ ބަހާއި، ސަޤާފަތާއި އާދަކާދައަކީ އެ ޤައުމެއްގެ މިނިވަންކަމުގެ ރަމްޒުތައް: ވަޒީރު ހީނާ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---

farudhun logo

ފަރުދުން

26 ޖުލައި 2026، 07:57

26 ޖުލައި 2026، 07:57

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ޤައުމީ މިނިވަންކަމާއި މާދަރީ ބަހާއި ސަގާފަތާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މުހިންމު މެސެޖެއް ދެއްވާފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މި މެސެޖުގައި ވަޒީރު ވިދާޅުވީ، ޤައުމެއް މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަނީ ހަމައެކަނި ވެވޭ އެއްބަސްވުމަކުން ނުވަތަ ކުރެވޭ ސޮޔަކުން ނޫން ކަމަށެވެ. އަދި މުޅި ދުނިޔެއިން ވެސް އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަނީ އެ ޤައުމެއްގެ ކިބައިގައި ހުންނަ ޚާއްޞަ ސިފަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔެއިން ވެސް އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަނީ އެ ޤައުމެއްގެ ކިބައިގައި ހުންނަ ޚާއްޞަ ސިފަތަކެއްގެ މައްޗަށް ބިނާކޮށް. އެއީ އެ ޤައުމެއްގެ މާދަރީ ބަހާއި، ސަޤާފަތާއި އާދަކާދަ. މިއީ އެ ޤައުމެއްގެ މިނިވަންކަމުގެ ޤައުމީ ރަމްޒުތައް.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ވަޒީރު ހީނާ އިތުރަށް ވިދާޅުވި ގޮތުގައި، ޤައުމެއްގެ މިނިވަންކަމުގެ ޤައުމީ ރަމްޒުތަކަކީ އެ ޤައުމެއްގެ މާދަރީ ބަހާއި، ސަޤާފަތާއި އާދަކާދައެވެ. މި ސިފަތަކަކީ ޤައުމެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ އެންމެ މުހިންމު ތަނބުތައް ކަމުގައި އެ ކަމަނާ ސިފަކުރެއްވިއެވެ.



މިނިވަން ދުވަހުގެ އުފާ ފާޅުކުރާއިރު، އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ޚާއްޞަ ރަމްޒުތައް ކަމުގައިވާ ދިވެހި ބަހާއި، ސަޤާފަތާއި، އާދަކާދަ އަދި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450