Ads by Farudhun

ޚަބަރު

އިލެކްޝަން ކޮމިޝަންގެ ރައީސަކަށް ޝަކީލް އައްޔަންކުރައްވައިފި

އިލެކްޝަން ކޮމިޝަންގެ ރައީސަކަށް ޝަކީލް އައްޔަންކުރައްވައިފި

އީސީގެ ރައީސަށް އައްޔަންކުރެއްވި މުޙައްމަދު ޝަކީލް / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

01 ޖުލައި 2026، 08:22

01 ޖުލައި 2026، 08:22

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސަކަށް މުޙައްމަދު ޝަކީލް މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ޝަކީލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، މަޖިލީހުން ރުހުންދީފައި ވަނީ އަންގާރަ ދުވަހު އޮތް ޖަލްސާގައެވެ.

އޭގެ ކުރިން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މަޤާމަށް ޝަކީލް އައްޔަން ކުރެއްވާފައި ވަނީ މި މަހުގެ 24ވަނަ ދުވަހުއެވެ.

މިއީ ޝަކީލް އީސީގެ މެމްބަރުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. މީގެކުރިން 03 ޑިސެންބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް ވެސް ޝަކީލް ވަނީ އެ ކޮމިޝަންގެ މެންބަރުކަން އަދާކުރައްވާފައެވެ.

އޭގެކުރިން 01 ސެޕްޓެންބަރު 2013އިން ފެށިގެން 03 ޑިސެންބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ.

އަދި އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެއްގެ މަޤާމުގައެވެ.

އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރައްވާފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450