Ads by Farudhun

ޚަބަރު

ސައިބަރ ރެސިލިއެންސް ފެލޯޝިޕްގެ ދެވަނަ ފިޔަވަހި ރާއްޖޭގައި ފަށައިފި

ސައިބަރ ރެސިލިއެންސް ފެލޯޝިޕްގެ ދެވަނަ ފިޔަވަހި ރާއްޖޭގައި ފަށައިފި

ސައިބަރ ރެސިލިއެންސް ފެލޯޝިޕްގެ ދެވަނަ ފިޔަވަހި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2026، 01:51

28 ޖޫން 2026، 01:51

ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާއި ޑިޖިޓަލް ރެސިލިއެންސްގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އޮސްޓްރޭލިއާގެ އެޑިތު ކޯވާން ޔުނިވަރސިޓީ (އީސީޔޫ) ގުޅިގެން ކުރިއަށްގެންދާ "ސައިބަރ ރެސިލިއެންސް ފެލޯޝިޕް" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި މިއަދު މާލޭގައި ފަށައިފިއެވެ.

އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ، މިއަހަރުގެ ޖަނަވަރީ 19 އިން ފެބުރުވަރީ 3 އަށް އޮސްޓްރޭލިއާގައި ބޭއްވި މި ފެލޯޝިޕްގެ ފުރަތަމަ ފިޔަވަހީގެ ކުރިއެރުމެކެވެ. މި ފިޔަވަހީގައި ބައިވެރިވުމަށްޓަކައި އީސީޔޫގެ ދިރާސާވެރިންގެ ޚާއްޞަ ޓީމެއް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

މި މަހުގެ 28 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި ފެލޯޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސަލާމަތީ ގުޅުން ވަރުގަދަކޮށް، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެއް ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި، ފުރަތަމަ ފިޔަވަހި ފުރިހަމަކުރި ސަރުކާރުގެ އެކި އިދާރާތަކުގެ 15 މުވައްޒަފަކު ބައިވެރިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އީސީޔޫގެ ތަޖުރިބާކާރުން އިސްވެ ތިއްބަވައިގެން، ސައިބަރ ހަމަލާތަކަށް އިޖާބަދިނުމާއި، ނުރައްކާތައް މެނޭޖްކުރުމުގެ އިތުރުން ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް އަމާޒުކޮށްގެން ސިމިއުލޭޝަންތަކާއި ޕްރެކްޓިކަލް އެކްސަސައިޒްތައް ކުރިއަށް ގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ފެލޯޝިޕްގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން" ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، މިއީ ރާއްޖެއާއި އޮސްޓްރޭލިއާގެ ދެމެދުގައި ޢިލްމު ބަދަލުކުރުމަށާއި، ދެ ޤައުމުގެ ގުޅުން އާ ހިސާބަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެ އޮފީހުން ފާހަގަކުރެއެވެ. ބައިނަލްއަޤްވާމީ މާހިރުންގެ އެހީތެރިކަމާއެކު ކުރިއަށްދާ މި މަސައްކަތަކީ ރާއްޖެއަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ޑިޖިޓަލް މުސްތަޤްބަލެއް ކަށަވަރުކޮށްދޭނެ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450