ޚަބަރު
"ކެޕްޗަރއެމްއެސްއެމްއީ" ގެ ނަމުގައި ބާއްވާ ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ފޮޓޯގްރަފީ. ފޮޓޯ: އިންޓަނެޓް
މިއަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން "ކެޕްޗަރއެމްއެސްއެމްއީ" ގެ ނަމުގައި ބާއްވާ ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް އަދި ތަފާތު ކެޓަގަރީތަކަށް ބަހާލައިގެން، 27 ޖޫން އިން ފެށިގެން 23 ޖުލައިގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިއީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރާއި އެފަރާތްތަކުގެ ބުރަ މަސައްކަތްތައް ތަފާތު ނަޒަރިއްޔާތަކުން ދައްކާލުމަށް ބާއްވާ މުބާރާތެކެވެ. އަދި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް 7000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 6000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރަތަކަށް 4000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތަށް ފޮޓޯ ހުށައަޅާ ކޮންމެ ފަރާތަކަށް އެކްސްކްލޫސިވް ވޯކްޝޮޕެއްގައި ބައިވެރިވުމަށް ދައުވަތު ދެވިގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޓަކައި، އެކަމާ ގުޅޭ ކިޔުއާރް ކޯޑު ސްކޭންކޮށް ފޮޓޯ ހުށައެޅޭނެއެވެ. އަދި އެއް ފޮޓޮއަށް ވުރެ ގިނައިން ވެސް ފޮޓޯ ހުށައެޅޭނެއެވެ.
Capture the impact of MSMEs through your lens! 📸✨
— SME Digital (@SMEdigital_mv) June 27, 2026
Take part in CaptureMSMEs 2026 and showcase the people, ideas, creativity, and community impact behind local businesses.
Share the photos on Instagram or Facebook & use #SMEDigital4SMEs#MSME2026 #DhiveheengeMSMEs… pic.twitter.com/6i4x0iuaMh
އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލް އިން ދަނީ އެކ ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދަމުނެނެވެ. އެގޮތުން އިއްޔަ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު "އެމްއެސްއެމްއީ ފެސްޓް 2026" އާއި، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޓެލެތޯން ފާހަގަކޮށްލެވެއެވެ.