ދުނިޔެ

ލޭގެ ޕްރެޝަރަކީ ފުރާނައަށް ބޮޑު ނުރައްކަލެއް, ގަވާއިދުން ޕްރެޝަރ ބެލުން މުހިންމު: ޑަބްލިއުއެޗްއޯ

ލޭގެ ޕްރެޝަރަކީ ފުރާނައަށް ބޮޑު ނުރައްކަލެއް,  ގަވާއިދުން ޕްރެޝަރ ބެލުން މުހިންމު:  ޑަބްލިއުއެޗްއޯ

ލޭގެ ޕްރެޝަރު ބަލަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2026، 10:13

28 ޖޫން 2026، 10:13

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، އެމީހުންގެ ލޭގެ ޕްރެޝަރު ގަވާއިދުން ބެލުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފިއެވެ. މިއީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި ކިޑްނީގެ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށްވާ ހައިޕަރޓެންޝަން ނުވަތަ ލޭމައްވަށްދިއުމުގެ މައްސަލައާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ނެރުނު މެސެޖެކެވެ.

ސިއްހީ މާހިރުން ލޭމައްޗަށްދިއުން ސިފަކުރަނީ "ހިމޭން ގާތިލް"  އެއްގެ ގޮތުގައެވެ. ސަބަބަކީ، ގިނަ ފަހަރަށް އެއްވެސް ފާހަގަކުރެވޭ އަލާމާތެއް ނުފެނި މި ބަލި ހަށިގަނޑުގައި އުފެދި، އޭގެ ނުރައްކާ ބޮޑުވެގެންދާތީއެވެ. އެހެންކަމުން، ބަލި ކުރީބައިގައި ދެނެގަނެ ފަރުވާ ހޯދުމަށްޓަކައި ގަވާއިދުން ސްކްރީން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ހޭލުންތެރިކަމުގެ މެސެޖުގައިވާ ގޮތުން، ލޭގެ ޕްރެޝަރު 140/90 mmHg އަށްވުރެ ދަށުގައި ބެހެއްޓުމުން ސިއްހީ ބޮޑެތި މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ. އަދި ޕްރެޝަރު ދަށްކޮށް ބެހެއްޓުމަކީ ހިތާއި، ސިކުނޑި އަދި ކިޑްނީގެ ދިފާއަށް ލިބޭ ބޮޑު ހިމާޔަތެކެވެ. ސިއްހީ މާހިރުން ބާރުއަޅަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ލޭގެ ޕްރެޝަރު ހުންނަ މިންވަރު ދެނެގަނެ، ވަގުތާއެކު އަންނަ ބަދަލުތައް މޮނިޓަރ ކުރުމަށެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި، ލޭގެ ޕްރެޝަރު ގަވާއިދުން ބެލުމުގެ އިތުރުން، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ޑޮކްޓަރުންގެ ލަފާ ގަވާއިދުން ހޯދުމަށް އެ ޖަމިއްޔާއިން ބާރުއަޅައެވެ. 



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450