Ads by Farudhun

ޚަބަރު

އަމިއްލަ ނަފްސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ފެއްޓެވުމަށް ގޮވާލައްވައިފި

އަމިއްލަ ނަފްސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ފެއްޓެވުމަށް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

27 ޖޫން 2026، 09:40

27 ޖޫން 2026، 09:40

އަމިއްލަ ނަފްސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ކަމަނާ ގޮވާލެއްވި ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދަކީ ކޮންމެ ފަރާތަކުން ވެސް އާޢަޒުމަކާއެކު ފައްޓަވަންޖެހޭ ކަމެއްކަމުގައެވެ.

އެކަމަނާ ވިދާޅުވީ، މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. 

ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31، 2026 ގައި އިޢުލާންކޮށް، މިއަދު ރަސްމީކޮށް އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450