ކުޅިވަރު

އަނބިމީހާ ވިހާތީ، ބެލްޖިއަމްގެ ވޯލްޑް ކަޕް ކޭމްޕް ދޫކޮށް ދިއުމަށް ޑޮކޫ ބޭނުންވެއްޖެ

އަނބިމީހާ ވިހާތީ، ބެލްޖިއަމްގެ ވޯލްޑް ކަޕް ކޭމްޕް ދޫކޮށް ދިއުމަށް ޑޮކޫ ބޭނުންވެއްޖެ

ޖެރެމީ ޑޮކޫ---

21 ޖޫން 2026، 04:00

ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޯކޫގެ އަލަތު ދަރިފުޅު އުފަންވާ ވަގުތު އަނބިމީހާގެ ކައިރީގައި ހުރުމަށްޓަކައި، ވޯލްޑް ކަޕް ކޭމްޕް ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެން އޭނާއަށް ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

ޑޯކޫގެ އަންހެނުން، ޝިރީން ވިހާނެ ކަމަށް ލަފާކޮށްފައި ވަނީ ޖުލައި މަހުގެ ދެވަނަ ހަފުތާގައެވެ. އެހެންކަމުން މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް ބެލްޖިއަމް ދަތުރުކުރިޔަސް، އެ ވަގުތު އެނބުރި ގައުމަށް ދިއުމަކީ ޑޯކޫގެ ނިންމުމެކެވެ.

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ފޯވާޑް ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އެއީ އޭނާގެ އަލަތު ދަރިފުޅު ކަމަށްވާތީ އެ ވަގުތު އަނބިމީހާގެ ކައިރީގައި ހުންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ފުރަތަމަ ދަރިފުޅު އުފަންވާ މަންޒަރު ބަލަން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، ނަމަވެސް ފުޓުބޯޅައިގައި އެހެން ކަންތައްތަކަކަށް ވެސް ވިސްނަންޖެހޭކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގައި އޮތް ކޭމްޕް ދޫކޮށް ޑޯކޫ އެނބުރި ގައުމަށް ދާން ނިންމި ނިންމުމަށް 'ލެކީޕް' ޗެނަލްގެ ޕްރެޒެންޓަރ ފްރާންސް ޕިއެރޮން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅު އުފަންވާ ވަގުތު ބައްޕައަކު ކައިރީގައި ހުރުމަކީ "އެއްވެސް ބޭނުމެއް ނެތް" ކަމެކެވެ.

މީގެ އިތުރުން، ބަލިވެ އުޅޭތީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާނާ ދެކޮޅަށް ބެލްޖިއަމް ކުޅޭ ދެވަނަ މެޗުގައި ޑޯކޫ ނުފެންނާނެކަން އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފައެވެ. ކޯޗު ރޫޑީ ގާސިއާގެ އިރުޝާދުގެ ދަށުން ކުޅޭ ބެލްޖިއަމް ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު މިސްރާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450