ދުނިޔެ

އީރާނުން އަނެއްކާވެސް ހުރްމުޒް ކަނޑުއޮޅި ބަނދުކޮށްފި

އީރާނުން އަނެއްކާވެސް ހުރްމުޒް ކަނޑުއޮޅި ބަނދުކޮށްފި

ހުރްމުޒް ކަނޑުއޮޅި. ފޮޓޯ: އިންޓަނެޓު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ޖޫން 2026، 12:20

21 ޖޫން 2026، 12:20

ހުރްމުޒް ކަނޑުއޮޅި އަނެއްކާވެސް ބަނދުކޮށްފައިވާނޭ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

 އެ ގައުމުން ބުނާގޮތުން މި ފިޔަވަޅު އަޅާފައިވަނީ މިދިޔަ ހުކުރު ދުވަހު އިޒްރާއީލުން ލުބްނާނަށް ދިން ހަމަލާތަކަކީ، އެމެރިކާއާއި އީރާނުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ހިންގައިފާވާ އަމަލަކަށްވާތީ އެވެ.

ކަނޑުއޮޅި އަލުން ބަނދުކުރި ނަމަވެސް، އެމެރިކާއާއި އީރާނުން ސުވިޒަލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ކުރިއަށް ދާނެއެވެ. އެގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހިމެނޭ އީރާނުގެ ވަފުދެއް މިހާރުވަނީ ސުވިޒަލެންޑަށް ގޮސްފައެވެ. 

އެމެރިކާއާއި އީރާނާއި ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު އެއްޝަރުތަކީ، ލުބުނާނަށް އަމާޒުކޮށް ދެވޭ ހަމަލާތައް ހުއްޓާލުން ކަމަށްވީއިރު، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން ލުބްނާނުން 47 މީހަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން ދެކޭ ގޮތުގައި، އެގައުމުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ކުރާ ހަނގުރާމައަކީ އީރާނުގައި ހިނގާ ހަނގުރާމައާއި ވަކި ދެ ހަނގުރާމައެވެ. އަދި އެގައުމުގެ ސިފައިން ލުބުނާނުން ނުބާލާނޭ ކަމަށް އިސްރާއީލުން ބުނެއެވެ. 

އީރާނުން ވަނީ އެއްބަސްވުމާއި ހިލާފަށް ކަންކަން ގޮސްފައިވުމުގެ ސަބަބުން އެއްވެސް އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްނުކުރެވޭނެކަމަށް ބުނެފައެވެ. އަދި މިއީ ލުބުނާނަށް ހަމަލާ ދިނުމުގެ ސަބަބުންދޭ ރައްދެއް ކަމަށާއި، ލުބުނާނަށް އިތުރަށް ހަމަލާދޭނަމަ، އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށް މަޖުބޫރުކުރާނޭކަމަށް އެ ގައުމުން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޓޭންކަރުތަކަށް ވެސް ހުރްމުޒް ކަނޑުއޮޅިން ދެވޭއިރު، އެއީ މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އެކްސްޕޯޓުކުރުމަށް ބޭނުންކުރާ މައި ކަނޑުއޮޅިއެވެ. މިދިޔަ އަހަރު އެކަނިވެސް ހޮރްމުޒުން ވަނީ 20 މިލިއަނެއްހާ ތެޔޮ ފީފާ ބޭރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450