ދުނިޔެ

ލުބުނާނަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތައް ހުއްޓާލާ ޞުލްޙައިގެ މަޝްވަރާތައް އަލުންފަށަނީ

ލުބުނާނަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތައް ހުއްޓާލާ ޞުލްޙައިގެ މަޝްވަރާތައް އަލުންފަށަނީ

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގައި ބެއްވުނު އެއްބަސްވުމެއް. ފޮޓޯ: ރޮއިޓާރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖޫން 2026، 11:52

20 ޖޫން 2026، 11:52

ހުކުރު ދުވަހު އިސްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް އީރާނުން ތާއިދުކުރާ  ހިޒްބުﷲ ޖަމާއަތާއި އިސްރާއީލުން އެއްބަސްވެއްޖެއެވެ. 

މި އެއްބަސްވުމާއެކު، އެމެރިކާއިން މި މައްސަލައަށް ކަނޑައަޅުއްވާފައިވާ މަމްދޫބު ސްޓީވް ވިޓްކޮފްއާއި، އީރާނުގެ ދާހިލީ ވަޒީރު އައްބާސް އަރައްޗީ ވަނީ މިހާރު ސުވިޒަލެންޑަށް ދިއުމަށް މިސްރާބު ޖަހާފައެވެ. 

މި ހަމަލާތަކާއި ގުޅިގެން ލުބްނާނުން 47 މީހުން މަރުވެ، 97 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އިއްޔެގެ މި ހަމަލާތަކާއި ގުޅިގެން އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފަންނީ ކަންކަމާ ގުޅޭގޮތުން ސްވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ވަނީ ކުއްލި ގޮތަކަށް ފަސްކޮށްފައެވެ. ލުބްނާނުގައި ހިނގާ ހަނގުރާމަ ހުއްޓާލުމަކީ، އެމެރިކާއާއި އީރާނުން ސޮއިކޮށްފައިވާ 14 ނުކުތާގެ ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު އެއްކަމެވެ. 

ލުބްނާނުގެ ރައީސް ޖޯލެފް އައުން ވަނީ އިސްރާއީލުން ފޮނުވި ހަމަލާތައް ކުށްވެރިކޮށްފައެވެ. ނަމަވެސް ސުލްހައިގެ އެއްބަސްވުމަކާއި ހަމައަށް ދިއުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުގެ ސެކެޓްރީ އޮފް ސްޓޭޓް މާރކޯ ރުބްލާ ވަނީ އައުންއާ ވާހަކަދައްކަވާ، ހިޒްބުﷲ ޖަމާއަތުން އެ ޖަމާއަތުގެ ހަތިޔާރުތައް ދޫކޮށްލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މިއާއެކު، އެމެރިކާއިން ލުބްނާނަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް ބޭނުންވާކަން ވަނީ ތަކުރާރުކުރައްވާފައެވެ. އޭގެ އިތުރުން، ޖޫން 23 އިން 25 އަށް އިސްރާއީލާއި ލުބްނަންގެ މައްސަލައިގެ މަޝްވަރަ ބަދަލުކުރުންތަކެއް އެމެރިކާގެ ވޮޝިންގްޓަނުގައި ބޭއްވުމާއިމެދު އެ ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

އެމެރިކާގެ ވެރިކަން ކުރަމުންދާ ރިޕަބްލިކަންސް ޕާޓީއިން އެގައުމުގެ ރައީސް ޑޮނާލްޑް ޓަރަމްޕްއަށް މި އެއްބަސްވުމާ ގުޅިގެންވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ނަމަވެސް ޓްރަމްޕްވަނީ އެއްބަސްވުން ދިފާއުކޮށް މިއީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވެފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450