Ads by Farudhun

ޚަބަރު

މާލީ ވަޒީރަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

މާލީ ވަޒީރަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 11:30

15 ޖޫން 2026، 11:30

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ، ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙަސަން ޒަރީރު މި މަޤާމަށް އައްޔަންކުރެއްވީ މި ހިނގާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ޒަރީރަށް ރުހުން ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުއްވާފައެވެ.

މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޙަސަން ޒަރީރަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރު ކަމާއި ކޮމިޝަނަރުގެ މަޤާމު ވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެމަނިކުފާނަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް އިން ފިނޭންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ޒަރީރު އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަމީރު މަޤާމުން އިސްތިއުފާ ދެއްވީ ސިއްޙީ ހާލަތު ހުރި ގޮތުން އެފަދަ ބުރަ ޒިންމާއެއް އަދާކުރެވެން ނެތް ކަމަށް ވިދާޅުވެއެވެ.

މަޖިލީހުގެ ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، ޒަރީރަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450