ދުނިޔެ

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ

ހޮރުމޫޒު ކަނޑުއޮޅި - ފޮޓޯ:ބީބީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 ޖޫން 2026، 11:21

08 ޖޫން 2026، 11:21

ދުނިޔޭގެ މަސްރަޙުގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކު، އިސްރާއީލުން އީރާނުގެ އަސްކަރީ އަމާޒުތަކަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ހުޅަނގު ސަރަހައްދާއި މެދުތެރޭ ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒުތަކަށެވެ. މިއީ ލުބުނާނުގެ ދެކުނަށާއި ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުން ރޭގެ ވަގުތެއްގައި އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އިސްރާއީލުން ބުނެއެވެ.

މި ހަމަލާތަކާ އެކު ތެލުގެ ސަޕްލައިއަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ 3.63 އިންސައްތަ މައްޗަށް ގޮސްފައެވެ. މިއާއެކު ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 96.75 ޑޮލަރުގައެވެ. މީގެ އިތުރުން، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއު.ޓީ.އައި) ގެ އަގުވެސް ވަނީ 3.35 އިންސައްތަ އުފުލި، ފީފާއެއް 93.89 ޑޮލަރަށް އަރާފައެވެ.

މެދުއިރުމަތީގައި އުފެދިފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ފަދަ މުހިންމު ކަނޑުގެ މަގުތަކުން ތެޔޮ އުފުލުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އިޤްތިޞާދީ މާހިރުން ދަނީ ފާޅުކުރަމުންނެވެ. މީގެ ކުރިންވެސް އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔަކަން ފާހަގަކުރެވެއެވެ.

މި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގެ މަސްރަޙު މިހާރު އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ތެލުގެ އަގަށް އަންނަ މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް ތެޔޮ އިމްޕޯޓުކުރާ ޤައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450