ދުނިޔެ

ހެޔޮ ނުވާނެ ދެން ހުއްޓާލާ، ވާވަރު ވެއްޖެއެއްނު، ދެން އާދޭ ސުލްހައިގެ މޭޒަށް: ޓްރަމްޕް

ހެޔޮ ނުވާނެ ދެން ހުއްޓާލާ، ވާވަރު ވެއްޖެއެއްނު، ދެން އާދޭ ސުލްހައިގެ މޭޒަށް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ފޮޓޯ : ފޮކްސް ނިއުސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 ޖޫން 2026، 02:17

08 ޖޫން 2026، 02:17

އިރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ދެން ހުއްޓާލުމަށާއި، މަޝްވަރާގެ މޭޒަށް އައުމަށް އެމެރިކާރެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ގޮވާލައިފިއެވެ.

ފޮކްސް ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އީރާނަށް މިރެއަށް "ވާވަރު ވެއްޖެ" ކަމަށާއި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އީރާނުން އިސްރާއީލަށް އަމާޒުކޮށް މިރޭ ދެމުންދާ ވަރުގަދަ މިސައިލް ހަމަލާތަކަށް އިޝާރާތް ކުރައްވައި، ޓްރަމްޕް ބުނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށްފަހު ސުލްހައިގެ މޭޒަށް އައުމަށް ވަނީ ގޮވާލާފައެވެ.

ޓްރަމްޕް ބުނި ގޮތުގައި އީރާނުން މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަމަށެވެ.

އީރާނުގެ މި އަމަލަކީ މަޝްވަރާގެ މޭޒުން ދުރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަމުން، ޓްރަމްޕް ވަނީ އިތުރަށް ލޭއޮހޮރުވުމަކަށް ނުގޮސް، ވީހާވެސް އަވަހަކަށް ސުލްހައިގެ މޭޒަށް އެނބުރި އައުމަށް ގޮވާލާފައެވެ. އޭނާ ބުނީ، މިހާރު ދެމުންދާ މިސައިލް ހަމަލާތައް އެވަރުން ފުއްދާލައި، ދެން އޮތީ ދާއިމީ އެއްބަސްވުމަކަށް ދިއުމަށްޓަކައި ވާހަކަދެއްކުން ކަމަށެވެ.

މި އިންޓަވިއުގައި ޓްރަމްޕް ވަނީ އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބައިރޫތަށް މިއަދު ދިން ވަރުގަދަ ހަމަލާތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ބައިރޫތަށް ދިން ހަމަލާތަކާ މެދު ވެސް އޭނާ ހިތްހަމަނުޖެހޭ ކަމަށާއި، މުޅި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް އަންނަންޖެހޭ ކަމަށް ޓްރަމްޕް ބުންޏެވެ.

މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތުން އަރައިގަތުމަށްޓަކައި، އެމެރިކާއިން އިސްނަގައިގެން މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް ޓްރަމްޕް މިވަނީ ދީފައެވެ. ނަމަވެސް، އީރާނުން މި ގޮވާލުމަށް އިޖާބަދޭނެ ކަމާ މެދު ސިޔާސީ މުހައްލިލުން ދަނީ ސުވާލު އުފައްދަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450