Ads by Farudhun

ޚަބަރު

ހައުސިންގ މިނިސްޓްރީގެ ކޯލް ސެންޓަރާއި ހެލްޕް ޑެސްކްގެ ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ހައުސިންގ މިނިސްޓްރީގެ ކޯލް ސެންޓަރާއި ހެލްޕް ޑެސްކްގެ ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ހައުސިންގ މިނިސްޓްރީގެ ކޯލް ސެންޓަރާއި ހެލްޕް ޑެސްކްގެ ޚިދުމަތްދޭ ގަޑިތައް ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2026، 10:21

31 މޭ 2026، 10:21

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން، އެ މިނިސްޓްރީގެ ކޯލް ސެންޓަރާއި މައުލޫމާތު ކައުންޓަރު (އިންފޮމޭޝަން ޑެސްކް) ހުޅުވިފައި ހުންނާނެ ގަޑިތައް މިއަދު އިިއުލާނުކޮށްފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއުތަކާއި، އިމާރާތްކުރުމާއި ސިޓީތައް ތަރައްޤީކުރުމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ގާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 22:00 އަށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ ކޯލް ސެންޓަރާ ގުޅުމަށް ބޭނުންކުރާނެ ނަންބަރުތަކަކީ:

4004860
4004861
4004862
4004863
4004864
4004865


މީގެ އިތުރުން، މިނިސްޓްރީއަށް ހާޒިރުވެގެން މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ އިންފޮމޭޝަން ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450